އިޢުލާން
ވަޒީފާގެ ފުރުޞަތު:
|
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.
|
މަޤާމް:
|
ޑިއުޓީ އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:
|
އެސިސްޓެންޓް
|
މުސާރައާއި ޢިނާޔަތްތައް:
|
މަހަކު -/8،000 ރުފިޔާއާ -/12،000 ރުފިޔާއާ ދެމެދުގެ އަދަދެއް (ހާސިލުކޮށްފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބިނާކޮށް)
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް:
|
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ޝަރުޠު:
|
1. ހިންގުމުގެ ދާއިރާއިން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. ހިންގުމުގެ ދާއިރާއިން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޓިވް މަސައްކަތާ ގުޅުންހުރި ދާއިރާއިން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
3. ހިންގުމުގެ ދާއިރާއިން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޓިވް މަސައްކަތާ ގުޅުންހުރި ދާއިރާއިން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
1. ކޯޕަރޭޝަނުން ކުނި މެނޭޖްކުރާ ސައިޓްތަކުގައި ޑިއުޓީ އަދާކުރުން.
2. ސައިޓުގައި މަސައްކަތްކުރާ އެހެނިހެން މުވައްޒަފުންގެ މަސައްކަތްތައް ބަލައި، މަސައްކަތް ކުރުވުން.
3. ސައިޓުގައި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކަށް މަސައްކަތްތައް ކުރިއަށްގެންދިއުމާއި، އުސޫލާ ޚިލާފަށް ހިނގާ މަސައްކަތްތައް ފާހަގަކޮށް، ރިކޯޑްތައް ބެލެހެއްޓުން.
4. ސައިޓުގައި ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ރިކޯޑްތައް ތައްޔާރުކުރުން.
5. ސައިޓުގައި ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ބުރޫ ނާރާނެފަދަ ގޮތަކަށް މަސައްކަތްތައް ކުރިއަށްގެންދިޔުމާއި، ސައިޓުގައި ދިމާވާ މައްސަލަތައް ސުޕަވައިޒަރަށް އަންގައިގެން ޙައްލުކުރަން މަސައްކަތްކުރުން.
6. މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ކޯޕަރޭޝަނުން ކުރާ އެންމެހައި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
7. އޮފީހުގެ އެހެންނިހެން ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:
|
- މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
- ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮފީހުގެ www.wamco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓްކުރެވިފައިވާ)
- ޕޮލިސް ރިޕޯޓް (ރިޕޯޓް ދޫކުރެއްވި ތާރީޚުގެ ފަހުން 3 މަސްދުވަސް ހަމަނުވާ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)
|
ސުންގަޑި:
|
2016 މޭ 25 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގޭގެ، 3 ވަނަ ފަންގިފިލަޔަށް) ހުށަހެޅުން.
|
އިންޓަވިއު:
|
- އިންޓަވިއުއާއި އިމްތިޙާންކުރުން، 26 މޭ 2016 އާއި 2 ޖޫން 2016 އާ ދެމެދުގައި، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހުގައި (މއ. ޖަންބުގަސްދޮށުގޭގެ، 3 ވަނަ ފަންގިފިލާގައި) އޮންނާނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
- އިންޓަވިއުއާއި އިމްތިޙާންކުރުމަށް ކޯޕަރޭޝަނުން ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
|
އިތުރު މަޢުލޫމާތު:
|
އިތުރު މަޢުލޫމާތު ސާފުކުރުމަށް، 3000581 ނަންބަރު ފޯނަށް ނުވަތަ 7584070 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
5 ޝަޢުބާން 1437
|