ނީލަން
ނަންބަރު: (IUL)414/414/2016/30
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2016
ޕަބްލިޝްކުރި ގަޑި: 09:49
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްނަގާ ބޯޓަކާއި އެބޯޓްގައިވާ އެންމެހައި ތަކެތި ސިޓީލާ ނީލަމުގައި ވިއްކައިލުން

އިޢުލާން

މަސްނަގާ ބޯޓަކާއި އެ ބޯޓުގައިވާ އެންމެހައި ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުން

މި އިދާރާގެ ބެލުމުގެ ދަށުގައިވާ މަސްނަގާ ބޯޓެއް ކަމަށްވާ kavindi Mirussa ބޯޓާއި އެ ބޯޓުގައިވާ އެންމެހައި ތަކެތި ސިޓީލާ ނީލަމުގައި ވިއްކުމަށް ނިންމައިފީމެވެ.

ނީލަމާބެހޭ އިތުރު މަޢުލޫމާތު

  1. ބޯޓްގެ ބޮޑުމިން:                  (ދިގު 40 ފޫޓް ، ފުޅާ 11 ފޫޓް)
  2. ބޯޓް ބަނުމަށް ބޭނުންކޮށްފައިވާ މެޓީރިއަލްސް:   ފައިބަރ
  3. ބޯޓުގެ ނީލަން ފެށޭ އަގު:             -/45000 (ސާޅީސް ފަސްހާސް) ރުފިޔާ
  4. ނީލަން އަގު މަތި ކުރެވޭނެ އެންމެ ކުޑަ އަގު:  -/2000 (ދެހާސް) ރުފިޔާ
  5. ނީލަމުގައިވާ އަގު ބަދަލުކުރެވޭނީ ކޮންމެ ދުވަހަކުވެސް 12:00 ގައެވެ. މިގޮތުން އެ ދުވަހެއްގައި ބޯޑަށް އަރުވާ ފޮށި ހުޅުވާނީ ނުވަތަ ސިޓީތައް ބަލައިގަނެވޭނީ އެ ދުވަހުގެ 11:45ގެ ކުރިން ގެންނަ ސިޓީތަކެވެ. އޭގެ ފަހުން ފޮށްޓަށް ލާ ސިޓީތަކުގެ އަގު ބޯޑަށް އެރުވޭނީ ޖެހިގެން އަންނަ ދުވަހުގެ 12:00 ގައެވެ.
  6. ނީލަމުގައިވާ އަގު ޖެހިޖެހިގެން ދެދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. (ދެދުވަހުގެ ގޮތުގައި ބެލެވޭނީ ނޯޓިސްބޯޑަށް އަގު އަރުވާ ގަޑިން ފެށިގެން 48 ގަޑިއިރު ވުމުންނެވެ.)
  7. ސިޓީލާ ނީލަމުގައިވާ އެއްޗެއްގެ ނީލަން ނިމިއްޖެނަމަ، އެކަން އެ ނީލަން ކާމިޔާބުކުރި ފަރާތަށް 24 ގަޑިއިރުގެ ތެރޭގައި އަންގާނެއެވެ.
  8. އެއްފަރާތަށްވުރެ ގިނަ ފަރާތުން އެއްއަގެއް އެންމެމަތީ އަގެއްގެ ގޮތުގައި ހުށަހަޅާފައިވާނަމަ އެ ދުވަހުގެ 12:00ގެ ކުރިން ފޯނުން އެފަރާތަކަށް އެންގޭނެއެވެ.
  9. ނީލަމުން ބޯޓް ނަގާ ފަރާތުން ނީލަން ނިމޭތާ 3 ދުވަހުގެ ތެރޭގައި މި އިދާރާއަށް ފައިސާ ދައްކަންވާނެއެވެ. މިގޮތަށް ފައިސާ ދައްކާފައިނުވާނަމަ އިންޒާރުގެ ސިޓީއާއެކު އިތުރު 3 ދުވަހުގެ މުއްދަތެއް ފައިސާ ދެއްކުމަށް ނީލަން ކާމިޔާބު ކުރި ފަރާތަކަށް ދެވޭނެއެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން މި އިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލްގެ ޒަރީޢާއިންވެސް އަގު ހުށަހެޅިދާނެއެވެ. އީމެއިލް އެޑްރެސް އަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި އުޅަނދު ބެއްލެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި މި އިދާރާގެ، 6820020 ނުވަތަ 7974658 ނަންބަރު ފޯނާއެވެ.

5 ޝަޢުބާން 1437

12 މޭ 2016