މަސައްކަތް
ނަންބަރު: BML/PD/OPN-BID/2016/021
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2016
ޕަބްލިޝްކުރި ގަޑި: 08:54
ސުންގަޑި: 19 މޭ 2016 13:00
ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ހއ. ހޯރަފުށީގައި ބޭންކުގެ އާ ޢިމާރާތެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ބޭންކް އޮފް މޯލްޑިވްސް ޕލކގެ ބޭނުމަށް ހއ. ހޯރަފުށީގައި ބޭންކުގެ އާ އިމާރާތެއް، އިމާރާތްކުރުމަށް ބޭނުންވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ފުރުޞަތު ދެވޭނީ ހަމައެކަނި ހއ. އަތޮޅުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަަންނަވާނަމަ ތިރީގައި މިދަންނަވާ ދުވަސްތަކުގައި ހއ. ހޯރަފުށީ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

19 މޭ 2016

ބުރާސްފަތި

 13:00

އަންދާސީހިސާބު ހުށަހެޅުން

26 މޭ 2016

ބުރާސްފަތި

 13:00

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމަންޓްތައް މި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv ން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 3 ޝަޢުބާން 1437

10 މޭ 2016