ދިވެހިރާއްޖެ
އިޢުލާން
ށ. އަތޮޅުގެ ސުކޫލްތަކުގައި ޑިޖިޓަލް ނޯޓިސްބޯޑު ޤާއިމުކުރުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ތަކެތި ގަނެދޭނެ ފަރާތެއް ހޯދުމަށް:
2016 ވަނަ އަހަރު މި ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ، އަތޮޅުގެ ސްކޫލުތަކުގައި ޑިޖިޓަލް ނޯޓިސްބޯޑު ޤާއިމުކުރުމުގެ ޕްރޮޖެކްޓަށް ތިރީގައިވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.
# |
ތަފުސީލު |
އަދަދު |
1 |
50 އިންޗި ޓީވީ |
14 |
2 |
މިނީ ޕީސީ |
14 |
3 |
އެޗް.ޑީ.އެމް.އައި ކޭބަލް |
14 |
4 |
ނެޓްވޯކް ކޭބަލް ރޯލް |
5 |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 17 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 24 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މި އިދާރައިގެ 6540025 / 6540038 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
02 ޝަޢުބާން 1437