ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2016/142
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2016
ޕަބްލިޝްކުރި ގަޑި: 08:10
ސުންގަޑި: 19 މޭ 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރެފްރިޖަރޭޝަން ޓެކްނީޝަން

މަޤާމް :ރެފްރިޖަރޭޝަން ޓެކްނީޝަން
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ރެފްރިޖަރޭޝަން ޓެކްނީޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު 6،936/73 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2،972/88 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

23

މަޤާމުގެ ޝަރުޠު:

1. އެމް.ކިޔޫ.އޭގެ ލެވެލް 5/6 ގެ ސެޓްފިކެޓެއް، މަސައްކަތުގެ ދާއިރާއިން ލިބިފައިވުން.

2. އެމް.ކިޔޫ.އޭގެ ލެވެލް 4 ގެ ސެޓްފިކެޓަށްފަހު 2 އަހަރުދުވަހުގެ ތަޖުރިބާ، މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،

3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި އޮފީސް މަސައްކަތުގެ، މަދުވެގެން 4 އަހަރުދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.

4. ލިބިފައިވާ ތަޢުލީމުގެ ފެންވަރުން ތަމްރީން/ކޯސްތަކަކުން އެމް.ކިޔޫ.އޭ ގެ ލެވެލް 3 ގެ ސެޓުފިކެޓެއްގެ މުއްދަތަށް، މަސައްކަތާ ގުޅޭ ތަޢުލީމު ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މެއިންޓަނެންސް ޗާޓެއް ގަވާއިދުން ތައްޔާރުކޮށް، ޗާޓާ އެއްގޮތަށް އެއަރ ކޮންޑިޝަންތައް ޗެކްކޮށް ބެލެހެއްޓުން.
  • ހަލާކުވެ ނުވަތަ މަސައްކަތް ނުކުރާ އެއަރކޮންޑިޝަން، ހީޓަރާއި ކޫލަރުތައް މަރާމަތުކޮށް ބެލެހެއްޓުމާއި، މިތަކެއްޗަށް މައްސަލައެއް ދިމާވޭތޯ ބެލުން.
  • އަލަށް ބަހައްޓާ އެއަރކޮންޑިޝަނާއި، ކޫލަރުތައް ތަންތަނުގައި ހަރުކޮށް، ކަރަންޓް ވައިރުކޮށް، ގުޅައި، ހިންގުން.
  • އެއަރކޮންޑިޝަންތައް ރަނގަޅަށް މަސައްކަތްކުރޭތޯ ޗެކްކުރުން.
  • ލީކް ޗެކްކުރުމާއި، ސްޕެއަރޕާޓްސް ބަދަލުކުރުން.
  • މަސައްކަތުގެ ފައިލާއި ރެކޯޑްސް ބަލަހައްޓައި، ރިޕޯޓްތައް ތައްޔާރުކޮށް، ބޭނުންވާ ތަކެއްޗަށް ރިކްއެސްޓްކުރުން.
  • ހަރުގަނޑާއި ފުރާޅުފަދަ ތަންތަނަށް އަރައި، ކަރަންޓަށް ގުޅައި، ތަކެތި އިންސްޓޯލްކުރުމާއި، މަރާމާތުކުރުމާއި، އެފަދަ ތަކެއްޗަށް އަޅާފައިވާ ވައިރިން މަރާމާތުކުރުން.
  • ކޮންޑިއުޓް އެޅުމަށްޓަކައި ކޭސިން ކެނޑުމާއި، މަސައްކަތުގެ ދާއިރާއިން އުފުލަންޖެހޭ ބަރުތަކެތި އުފުލުންފަދަ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މަސައްކަތަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތުގެ އަގުބަލައި، ކުރެހުންތައް ތައްޔާރުކޮށް ހަވާލުކުރުމާއި، އިޢުލާނުކޮށް، މަޢުލޫމާތުދީ، އެސްޓިމޭޓް ބަލައިގަނެ، މަސައްކަތް ހަވާލުކުރަންޖެހޭ ހާލަތްތަކުގައި އެކަންކަން ކުރުން.
  • ދިމާވާ އެމަޖެންސީ (ކަރަންޓުގެ މައްސަލަ، ސްޕޮޓް، ފްލަޑް ލައިޓްލުން، އަލިފާނުގެ ހާދިސާއެއް ހިނގުން، ވެހިކަލެއް ދުއްވުންފަދަ) ހާލަތްތަކުގައި ފުރިހަމަޔަށް އެހީތެރިވުން.
  • ޔުނިވަރސިޓީގެ އެކިއެކި ކަންކަމާ ގުޅިގެން މުވައްޒަފުން ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންތައްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުން ދިނުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައި އޮންނަ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ޔުނިވަރސިޓީގެ ތިރީގައިވާ ވެބްސައިޓުގެ ލިންކުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.

ވެބްސައިޓުގެ ލިންކް: http://mnu.edu.mv/images/downloads/Job%20Application.pdf

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:   

2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ.

 5 ޝަޢުބާން 1437

12 މޭ 2016