ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2016/143
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2016
ޕަބްލިޝްކުރި ގަޑި: 08:09
ސުންގަޑި: 23 މޭ 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފައިނޭންޝަލް އެނަލިސްޓް

މަޤާމް :ފައިނޭންޝަލް އެނަލިސްޓް
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ފައިނޭންޝަލް އެނަލިސްޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު 12،687/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5،437/50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

40

މަޤާމުގެ ޝަރުޠު:

  •  އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.

މަސައްކަތުގެ ދާއިރާއިން އެމް. ކިޔޫ. އޭ. ގެ ލެވެލް 7/8ގެ ސެޓުފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 4 އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ފޯމެޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ ޕުރޮސީޖަރތަކާ އެއްގޮތަށް ބަޖެޓް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

2- ޔުނިވަރސިޓީއަށް ލިބޭ އާމްދަނީގެ ހިސާބުތައް، ދުވަހުން ދުވަހަށް ނިންމައި، ރިޕޯޓުތައް ތައްޔާރުކުރުން.

3- އާމްދަނީއާއި ބަޖެޓް އެކައުންޓްތަކުގެ ރިޕޯޓުތައް ތައްޔާރުކުރުވައި، ރިކޮންސައިލްކޮށް، ދިމާވާ މައްސަލަތައް ޙައްލުކުރުން.

4- ބަޖެޓްތަކުން ޚަރަދުކުރާނެ މިންވަރު ދެނެގަނެ، މަސްތަކަށް ޚަރަދު ކަނޑައަޅައި، ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

5- މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތީން ކަންކަން ކުރުމަށް ކަމާބެހޭ މުވައްޒަފުންނަށް މަޢުލޫމާތު ދިނުން.

6- ކައުންސިލަށާއި އެހެން ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު، އާމްދަނީ / ޚަރަދު ރިޕޯޓްތައް ތައްޔާރުކުރުމާއި ކުރުވުން.

7- އާންމުގޮތެއްގައި ފައިނޭންސް ސެކްޝަންގެ ވެރިޔާގެ އިރުޝާދާ އެއްގޮތަށް ރެވެނިޔު ސެކްޝަނާއި ބަޖެޓްކޮންޓްރޯލް ސެކްޝަންގެ މަސައްކަތްތައް ރާވައި ހިންގުމުގެ މަސައްކަތްކުރުން.

8- އެކައުންޓިންގ ސެކްޝަނުގެ ވެރިޔާ ޗުއްޓީ ނެގުމުން ނުވަތަ ނުހުންނަ ވަގުތުގައި އެކައުންޓިންގ ސެކްޝަނުގެ މަސައްކަތް ހަވާލުވެ، ސެކްޝަނުގެ މަސައްކަތްތައް ކުރުން.

9- ފައިނޭސް ސެކްޝަނުގެ މަސައްކަތްތަކާއި، އާންމުގޮތެއްގައި ޔުނިވަރސިޓީގެ ގިނަމުވައްޒަފުން ބައިވެރިވެގެން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެއިދާރީ  މަރުކަޒުގެ  ރިސެޕްޝަނުން  ލިބެން  ހުންނާނެއެވެ. އަދި  ޔުނިވަރސިޓީގެ  ތިރީގައިވާ  ލިންކުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

ވެބްސައިޓުގެ ލިންކް: http://mnu.edu.mv/images/downloads/Job%20Application.pdf 

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރަރ އޮފީހުގެ ލިޔުމެކެވެ. 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:   

2016 މޭ 23 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ.

 5 ޝަޢުބާން 1437

12 މޭ 2016