މަސައްކަތް
ނަންބަރު: (IUL)460-AD/460/2016/11
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2016
ޕަބްލިޝްކުރި ގަޑި: 07:53
ސުންގަޑި: 16 މޭ 2016 10:00
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ގަލަން ހަދަން ބޭނުންވެއްޖެ

އިޢުލާން

މި އޮފީހުގެ ނަންބަރު IUL)460-PR/460/2016/9) (28 އެޕްރީލް 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ މި އޮފީހުން ދޭ ނަމޫނާއާ އެއްގޮތަށް ގަލަން ހަދައިދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވުން:

2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އޮފީސް: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ގ.ބިއްލޫރިޖެހިގެ
މަޖީދީމަގު
ފޯން:  3010990
ފެކްސް: 3010959

5 ޝަޢުބާން  1436

12 މޭ 2016