ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)412/412/2016/27
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2016
ޕަބްލިޝްކުރި ގަޑި: 18:05
ސުންގަޑި: 19 މޭ 2016 13:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

  • މަޤާމުގެ ނަން: ފައިނޭންސް އޮފިސަރ
  • މަޤާމުގެ ރޭންކް: އެމް. އެސް. 1
  • މަޤާމުގެ ކުލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
  • ބޭނުންވާ އަދަދު: 1 (އެކެއް)
  • މުސާރަ: މަހަކު -/5،610 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ
  • އިތުރު ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ކަނޑައެޅިފައިވާ ގޮތުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.
  • މަސައްކަތް ކުރަންޖެހޭ ތަން/ އޮފީސް:ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ
  • ސެކްޝަން: ކޯޕަރޭޓް އެފެއާޒް /ފިނޭންސް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. އެކި ގޮތްގޮތުން ކައުންސިލަށް ލިބޭ އާމްދަނީގެ ހިސާބުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކަނޑައަޅުއްވާ އުޞޫލުތަކާ އެގޮތަށް ބެލެހެއްޓުން.
  2. ކައުންސިލުން ކުރާ އެންމެހައި ޚަރަދުތަކުގެ ހިސާބުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކަނޑައަޅުއްވާ އުޞޫލުތަކާ އެއްގޮތަށް ބެލެހެއްޓުން.
  3. ކުރިޔަށް ލަފާކުރާ ކައުންސިލުގެ ބަޖެޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތަށް މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވުން.
  4. ކައުންސިލް އިދާރާގެ ފައިސާއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. ފައިނޭންސާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި، 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ފައިނޭންސާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ފައިނޭންސާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި، 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(1) ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

(2) ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

(3) މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

އިންޓަވިއު ކުރުން:

ވަޒީފާއަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ގއ. ކޮނޑޭ ކައުންސިލްގެ އިދާރާގައި އިންޓަވިއު އޮންނާނެއެވެ. އިންޓަވިއުއަށް ހާޒިރުވުމަށް 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ.

ވަޒީފާއަށް އެދެންވީ ގޮތް:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، 2016 މޭ 19 ވަނަ ދުވަހުގެ 13.00 ގެ ކުރިން، ގއ.ކޮނޑޭ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މި މަޤާމަށްއެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމު (މި ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. މި މަޤާމަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
  3. ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ސިޓީ.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)
  7. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

އިތުރު ތަފްޞީލު.

- ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލްސަރވިސްގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ.

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ، ވަޒީފާއަށް އިޢުލާނުކުރި އޮފީހުގެ މުވައްޒަފަކު ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާއިރު، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

- ވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓް ކުރުން:

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވާނަމަ،  ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން އެ ފަރާތްތައް ޝޯޓް ލިސްޓްކުރުމުގެ އިޚްތިޔާރު، ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއަށް ލިބިގެންވެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން،  މި އިދާރާގެ 0019 682 ނަންބަރު ފޯނަށް، ރަސްމީ ގަޑީގައި ގުޅުމުން، މަޢޫލޫމާތު ލިބޭނެއެވެ.

28 ރަޖަބު 1437

05 މޭ 2016