ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2016/85
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2016
ޕަބްލިޝްކުރި ގަޑި: 17:42
ސުންގަޑި: 23 މޭ 2016 13:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޓެންޑެންޓުންގެ މަޤާމަށް މީހުން ބޭނުންވެއްޖެ

މަޤާމް :އެޓެންޑެންޓް
ބޭނުންވާ އަދަދު :10

އިޢުލާން

ވަޒީފާގެ ފުރުޞަތު:  

މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއެވެ. މި މަޤާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް:

އެޓެންޑެންޓް

ބޭނުންވާ އަދަދު:

10(ދިހައެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2 

މަޤާމުގެ ރޭންކް: 

SS2

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް/ ސެކްޝަން:

ނަރސިންގ ޑިޕާޓްމަންޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކޮންމެ ޑިއުޓީއެއްގައި ވާރޑް ކުނިކަހައި، ފެންފޮތިލައި ސާފުކުރުން.
  2. ފާޚާނާތަކާއި، ޔުޓިލިޓީ ކޮޓަރިއާއި، ސިންކުތައް ސާފުކުރުން.
  3. ބަލިމީހުންނަށް ޚިދުމަތްދިނުމުގައި ނަރުހުންނަށް އެހީތެރިވެދިނުން.
  4. ވާރޑުގައި ގެންގުޅޭ ތަކެތި އޮޓޮކްލޭވްކުރުމަށް ސީ.އެސް.އެސް.ޑީ އަށް ގެންގޮސް ގެނައުމާއި، ލިނަންގެ އިންވެންޓްރީ ބެލެހެއްޓުން.
  5. ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމާއި، ބަލިމީހުންގެ އެކްސްރޭއާއި އީ.ސީ.ޖީ ފަދަ ތަކެތި ތިއޭޓަރފަދަ ތަންތަނަށް ގެންދިއުން.

 

ތަޢުލީމާއި ތަޖުރިބާ:

1. މަސައްކަތުމީހެއް ނުވަތަ އެޓެންޑެންޓެއްގެ މަސައްކަތްކުރުމުގެ 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން.

މި މަޤާމަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން (މިގޮތުން މި މަސައްކަތްކުރުމުގެ ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަންހުރި މިންވަރު ބެލޭނެއެވެ.)

 

ހުށަހަޅަންޖެހޭ ލިޔުންތައްް:

  1. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ފޯމު ބަލައިގަތުމާއި ދޫކުރުން:

ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 އިން 13.30 އަށް މި ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ކައުންޓަރުން ލިބެން ހުންނާނެއެވެ.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި:

2016 މޭ 23 ވާ ހޯމަދުވަހުގެ 13.30 ގެ ކުރިން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (2016 މޭ 23 ވާ ހޯމަ ދުވަހުގެ 13.30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 3335343 އެވެ. ނުވަތަ 3335234 އެވެ.

3 ޝަޢުބާން 1437

11 މޭ 2016