ވަޒީފާގެ ފުރުޞަތު
ނަންބަރު: MRDC-IUL/2016/13
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:52
ސުންގަޑި: 17 މޭ 2016 15:00
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފައިނޭންޝަލް ކޮންޓްރޯލަރ، ޕްރޮކިއުމަންޓް މެނޭޖަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ ހެޑް އޮފީހަށް، ތިރީގައިމިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

ފައިނޭޝަލް ކޮންޓްރޯލަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން / ރޭންކް:

އީ. އެކްސް 2 - ގްރޭޑް 2

މުސާރަ:

މަހަކު -/18630 ރުފިޔާ (އަށާރަހާސް ހަސަތޭކަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

މި ކޯޕަރޭޝަންގެ ހެޑް އޮފީސް

މަސައްކަތްކުރާ ޑިޕާޓްމަންޓް: 

އެކައުންޓިންގ އެންޑް ފައިނޭސް

 

ފެންވަރު ނުވަތަ ޝަރުޠު:

- ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ފައިނޭންސާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުން. އަދި އޭސީސީއޭ /ސީމާ ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ފައިނޭންސް/ބަޖެޓާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާއެއް ލިބިފައިވުން.

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ކުންފުނީގެ ބަޖެޓާބެހޭ އެންމެހައި ކަންކަން ކުރުން.

- އޮޑިޓުގެ މަސައްކަތް ރާވައި ހިންގުން.

- ފައިނޭންސް ސެކްޝަނުގެ މުވައްޒުންނަށް ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން.

- ބޭންކުގެ މުޢާމަލާތްތައް މޮނިޓަރކުރުން.

- ކުންފުނިން ހިންގާ މަޝްރޫޢުތަކުގެ ޚަރަދު ބެލެހެއްޓުމާއި، ކޭޝްފްލޯ ފޯކާސްޓް ތައްޔާރުކުރުން.

- ކުންފުނީގެ ބޯޑާއި މެނޭޖްމަންޓަށް ބޭނުންވާ ފައިނޭންޝަލް ރިޕޯޓްތައް ތައްޔާރުކުރުން.

- މުވައްޒަފުންގެ މުސާރައާއި ކުންފުނިން މަހުންމަހަށް ކުރާ ޚަރަދުތައް ބެލުން.

- ކުންފުނިން ހިންގާ މަޝްރޫޢުތަކަށް ބޭނުންވާނޭ ފައިނޭންސް ހޯދުމުގައި ބޭންކްތަކާއި އެހެނިހެން ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ގުޅިގެން މަސައްކަތް ކުރުން.

މަޤާމް:

ޕްރޮކިއުމަންޓް މެނޭޖަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އީ. އެކްސް. 1 – ގްރޭޑް 1

މުސާރަ:

މަހަކު -/14630 ރުފިޔާ (ސާދަހާސް ހަސަތޭކަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

މި ކޯޕަރޭޝަންގެ ހެޑް އޮފީސް

މަސައްކަތްކުރާ ޑިޕާޓްމަންޓް: 

ޕްރޮކިއުމަންޓް

 

ފެންވަރު ނުވަތަ ޝަރުޠު:

- ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ ފައިނޭންސާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޕްރޮކިއުމަންޓުގެ ދާއިރާގައި 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް ހިންގާ ބަލަހައްޓައި، ޕްރޮކިއުމަންޓް ޕޮލިސީއަށް ފުރިހަމައަށް ޢަމަލުކުރެވޭކަން ޔަގީންކުރުން.

- ޕްރޮކިއުމަންޓާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް އަންނަ ބަދަލުތައް ބަލައި، ކުންފުނީގެ އުސޫލުތައް ކަނޑައެޅިފައިވަނީ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށްކަން ޔަގީންކޮށް، މުރާޖަޢާކުރަންޖެހޭ ކަންތައްތައް މުރާޖަޢާކުރުން.

- މާލިއްޔަތުގެ ގަވާއިދުގައިވާގޮތުގެމަތިން މުދަލާއި ފައިސާއާ ބެހޭގޮތުން ޢަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، ކަމާބެހޭ އެނޫން ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އޮފީހުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.

- ކުންފުނިން ކުރިއަށްގެންދެވޭ ޕްރޮޖެކްޓްތަކުގެ މަސައްކަތް އެންމެ އެކަށީގެންވާގޮތުގައި ކުރިއަށްގެންދިއުމަށް، ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

- ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް މުވައްޒަފުންނަށް ބަހާލައި ހިންގައި ބެލެހެއްޓުން.

- ކުންފުނީގެ ސަޕްލަޔަރުންނަށް ކުންފުންޏަށް ހޯދަން ބޭނުންވާ ތަކެއްޗާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުން.

- ބިޑްކޮށްގެން ހޯދަންޖެހޭ ތަކެތި، ކަނޑައެޅިފައިވާ ތާރީޚަށް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

- ކުންފުނިން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮކިއުމަންޓާ ގުޅުންހުރި ޕްރޮޖެކްޓްތައް ކުރިއަށްދާ މިންވަރު ބެލެހެއްޓުން.

- ކުންފުޏަށް މުދާ ފޯރުކޮށްދޭ ފަރާތްތަކާ ވާހަކަދައްކައިގެން އެކަށީގެންވާ އަގުތަކެއްގައި މުދާ ހޯދުމަށް މަސައްކަތްކުރުން.

- މުދާ ފޯރުކޮށްދޭ ފަރާތްތަކަށް ކަނޑައެޅިފައިވާ ތާރީޚަށް ފައިސާދައްކާތޯ ބަލައި ޔަގީންކުރުން.

- ވެންޑަރ ރެޖިސްޓްރީއާއި ސަޕްލަޔަރ ރެޖިސްޓްރީ ޑޭޓާބޭސް އެކުލަވައިލުމާއި ބެލެހެއްޓުމާއި ސަޕްލަޔަރ ރިލޭޝަންސް މެނޭޖްކުރުން.

- ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ސުންގަޑި:

މި ވަޒީފާތަކަށް އެދޭ ފަރާތްތަކުން، 2016 މޭ 17 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މިކޯޕަރޭޝަންގެ ހެޑް އޮފީހަށް، ތިރީގައިވާ ލިޔުންތައް ފޮނުވުން އެދެމެވެ.

އިންޓަވިއު:

 އަދި މިވަޒީފާއަށްއެދި ހުށަހަޅުއްވާ ފަރާތްތަކުން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށެވެ.  

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު އެނގޭގޮތަށް)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ.

5. ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުންތައް.

6. ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތް ކޮޕީ.

އިތުރު މަޢުލޫމާތު:

- ވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްދުވަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚްލާޤަށާއި، ފެންވަރަށް ބެލުމަށްފަހު، ހަމަޖެހިފައިވާ އުސޫލުން ދާއިމީ ކުރެވޭނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކުންފުނީގެ 3000055 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

3 ޝަޢުބާން 1437

10 މޭ 2016