ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-298/2016/26
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 19 މޭ 2016 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޑްރައިވަރ

މަޤާމުގެ ރޭންކް: އެސް. އެސް. 2 (ސަޕޯޓް ސަރވިސް 2)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

އޮފީސް/އިދާރާ: އަލިފުށީ ކައުންސިލްގެ އިދާރާ

ޔުނިޓް: ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން: އަލިފުށީ ކައުންސިލްގެ އިދާރާ

މުސާރަ: މަހަކު -/3470  ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000  ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މި އިދާރާގެ ބޭނުންތަކަށް، ރަސްމީގަޑިތަކާއި، ނުރަސްމީގަޑިތަކުގައި ވޭން ދުއްވުން.
  2. ވޭން ދޮވެ ސާފުކޮށް ބެލެހެއްޓުން.
  3. ވޭނުގެ އަޑީތެޔޮ ބަދަލުކުރުމާއި، މަރާމާތެއް ކުރަންވެފައި ހުރިނަމަ، ލަސްނުކޮށް ވެރިއަކަށް ދަންނަވައިގެން މަރާމާތުކުރުމުގެ ކަންތައްތައް ކުރުން.
  4. ވެހިކަލް ދުއްވަންނުޖެހޭ ރަސްމީ ވަގުތުތަކުގައި، އިދާރާގައި ހޭދަކުރުމާއި، ވެރިން އަންގާ ރަސްމީ މަސައްކަތްތައް، ރަސްމީ ގަޑިއާއި ނުރަސްމީ ގަޑިތަކުގައި ކުރުން.
  5. ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާ ހަވާލުވެހުރި ވެރިޔަކު އަދި ޒިންމާދާރު ވެރިޔާ ނުވަތަ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނަ ވެރިޔަކު އަންގާ ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މިންވަރު.
  2. ތަޖުރިބާއާއި، މަޢުލޫމާތާއި ހުނަރުހުރި މިންވަރު.

އިންޓަވިއުއާއި، އިމްތިޙާނާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

ވަޒީފާއަށް  ކުރިމަތިލާ  ފަރާތްތަކަށް  ބޭއްވޭ  އިންޓަވިއު  އޮންނާނީ،  އަލިފުށީ  ކައުންސިލްގެ  އިދާރާގައެވެ.  އިންޓަވިއު އޮންނާނީ، 2016 މޭ 29 ވަނަ ދުވަހު، އަލިފުށީ ކައުންސިލް އިދާރާގައެވެ.  އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން އެންގޭނެއެވެ.  

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް  އެދޭ  ފޯމާއި  ލިޔުންތައް  ހުށަހަޅާނީ،  2016  މޭ  19  ވަނަ  ދުވަހުގެ  14:00  ގެ  ކުރިން،  އަލިފުށީ ކައުންސިލްގެ  އިދާރާއަށެވެ. މި  ލިޔުންތައް  އީމެއިލް  މެދުވެރިކޮށްވެސް  ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 

އުޖޫރައާއި ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި  ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެއްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢޫލޫމާތު ސާފުކުރުމަށް ގުޅާނީ، 6580021 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ، [email protected] އަށެވެ.         

                                           3 ޝަޢުބާން 1437  

10 މޭ 2016