ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.  | 
|
| 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
 މަޤާމް:  | 
| 
 ދާއިމީ  | 
 މަޤާމުގެ ގިންތި:  | 
| 
 ޖީ. އެސް. 3  | 
 މަޤާމުގެ ރޭންކް:  | 
| 
 އޮފިސަރ ގްރޭޑް 1  | 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
| 
 ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ  | 
 އޮފީސް / އިދާރާ:  | 
| 
 ކޯޕަރޭޓް އެފެއާޒް ޔުނިޓް  | 
 ސެކްޝަން / ޔުނިޓް:  | 
| 
 ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ  | 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
| 
 މަހަކު -/4465 ރުފިޔާ  | 
 މުސާރަ:  | 
| 
 މަހަކު -/1500 ރުފިޔާ  | 
 ސަރވިސް އެލެވަންސް:  | 
| 
 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން، ދަތުރު އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ބަންދުދުވަހަކު މަސައްކަތްކޮށްފިނަމަ ބަންދުދުވަހުގެ ފައިސާ ލިބޭނެއެވެ.  | 
 އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް:  | 
| 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު:  | 
| 
 1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.  | 
 މަޤާމުގެ ޝަރުޠުތައް:   | 
| 
 1. ރެސެޕްޝަން ކައުންޓަރު ބެލެހެއްޓުމާއި، ސިޓީއާއި އެހެނިހެންތަކެތި ބަލައިގަތުން. 2. އެންޓްރީ ލިޔެ ބެލެހެއްޓުން. 3. ޔައުމިއްޔާ ލިޔެ ފައިލްކުރުމާއި، ހަދަންޖެހޭ ރިޕޯޓްތައް ހެދުން. 4. ގޭގޭގެ މީހުންގެ ރަޖިސްޓްރީއަށް އަންނަ އުނިއިތުރު ލިޔެ ބެލެހެއްޓުން. 5. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތަކާއި ތަކެތި ހަވާލުކުރުން. 6. އުފަންދުވަހުގެ ރަޖިސްޓްރީއާއި، އުފަންދުވަހުގެ ސެޓްފިކެޓް ހެދުން. 7. ޤުދުރަތީގޮތުން ލިބޭ ގެއްލުންތައް ބަލައި، ރިޕޯޓް ފޮނުވުމާއި ރިކޯޑް ބެލެހެއްޓުން. 8. ހުށަހެޅޭ މައްސަލަތަކުގެ ރިކޯޑް ބެލެހެއްޓުން. 9. މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަޢުލޫމާތު ނަގައި ރިޕޯޓް ހެދުން. 10. ސެކްޝަނުގެ ފިހުރިސްތާ އެއްގޮތަށް ފޮތްތައް ބެލެހެއްޓުން. 11. ސެކްޝަނުން ފައިލްކުރަންޖެހޭ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން. 12. މަތީގައިވާ މަސައްކަތުގެ އިތުރުން، ގަވައިދުން އޮފީހުން ހަވާލުކުރާ ޚާއްޞަ މަސައްކަތްތަކާއި، ވަގުތީ މަސައްކަތް ކުރުން.  | 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
  | 
| 
 ލިބިފައިވާ ތަޢުލީމާއި، ތަމްރީނާއި، އިންޓަވިއުއާއި، ޕްރެކްޓިކަލްސްއިން ލިބޭ މާކުހަށް ބެލޭނެއެވެ. އަދި އޮފީސް ހިންގުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  | 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:  | 
| 
 މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނީ، ތ. ކަނޑޫދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނީ، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައެވެ.  | 
 އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:  | 
| 
 މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މޭ 18 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް، ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.  | 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
| 
 ރަސްމީގަޑީގެ އިތުރުން ނުރަސްމީގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގައި މަސައްކަތްކުރާނަމަ، ބަންދު ދުވަހުގެ ފައިސާ، ރަމަޟާންމަހުގެ ޚާއްސަ ޢިނާޔަތް (ވަޒީފާއާބެހޭ ޤާނޫނު ގައިވާގޮތުގެ މަތިން) ދެވޭނެއެވެ.  | 
 އުޖޫރައާއި ޢިނާޔަތްތައް:  | 
| 
 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ، ތ. ކަނޑޫދޫ ކައުންސިލް އިދާރާއިނާއި، ސިވިލް ސަރވިސް ކޮމިޝަނުންނެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)  | 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6780036 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6780036 އެވެ. އީމެއިލް ކުރާނީ، [email protected] އަށެވެ.  | 
 އިތުރު މަޢުލޫމާތު:  | 
28 ރަޖަބު 1437