މަސައްކަތް
ނަންބަރު: 153-FSC/IUL/2016/01
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2016
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 29 މޭ 2016 14:00
ފެކަލްޓީ އޮފް ސައިންސް
ދިވެހިރާއްޖެ
މުޤައްރަރު ލިޔާނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

މުޤައްރަރު ލިޔާނެ ފަރާތެއް ހޯދުމާބެހޭ

މި ފެކަލްޓީގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން މަލްޓިމީޑިއާ ކޯހުގެ ތިރީގައިމިވާ 03 މާއްދާގެ އައުޓްލައިން، ފެކަލްޓީއިން ބޭނުންވާ ގޮތަށް ލިޔެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މާއްދާތައް:

  1. ކޮމްޕިއުޓަރ ގްރެފިކް ޑިޒައިން
  2. ކްރިއޭޓިވް ތިންކިންގ އެންޑް އެނަލިޓިކަލް ސްކިލްސް
  3. ޑިޖިޓަލް ފޮޓޯގްރަފީ އެންޑް އިމޭޖް ޕްރޮސެސިންގ

އުޖޫރަ:  މާއްދާއަކަށް -/7500ރ ރޭޓުން

ޝަރުތު: ދާއިރާއާގުޅޭ ރޮނގުން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން އަދި އައުޓްލައިން ލިޔުމުގެ ތަޖުރިބާ ހުރި ފަރާތެއް ކަމުގައި ވުން

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 މޭ 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ފެކަލްޓީއަށް ވަނަވަރާއި ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯދަންބޭނުންފުޅުވާނަމަ، މި ފެކަލްޓީގެ އެސޯސިއޭޓް ލެކްޗަރަރ އަލްފާޟިލާ މަރިޔަމް ނާދިރާ (3345496) އަށް ރަސްމީ ދުވަސްތަކުގައި 14:00 އާއި 18:00 އާ ދެމެދު ގުޅުއްވުން އެދެމެވެ.

ނޯޓް: އެގްރިމެންޓް ކުރާތާ 1 މަސްދުވަހުގެ ތެރޭގައި އައުޓްލައިންތައް ލިޔެ ނިންމައި ފެކަލްޓީއަށް ހަވާލުކުރައްވަން ވާނެއެވެ.

11 މޭ 2016