ދިވެހިރާއްޖެ
އިޢުލާން
މި ކޯޕަރޭޝަންގެ 1437 (2016) ވަނަ އަހަރުގެ ޙައްޖު ދަތުރުގެ ވައިގެ ދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ކޯޕަރޭޝަންގެ 1437 (2016) ވަނަ އަހަރުގެ ޙައްޖު ދަތުރުގެ ވައިގެ ދަތުރުތައް ހަމަޖައްސައިދިނުމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)MHCL-P/1/2016/4 އާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. އެހެންކަމުން މި ކޯޕަރޭޝަނުން އިންތިޒާމުކުރާ 1437 (2016) ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ބައިވެރިވަޑައިގަންނަވާ ހާޖީން ހުޅުލޭ އިބްރާހިމު ނާޞިރު އިންޓަރނޭޝަނަލް އެއާޕޯރޓުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގެ ކިންގ ޢަބްދުލްއަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓަށް ވައިގެމަގުން ގެންގޮސްދިނުމާއި އެނބުރި ގެނެސްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ބައިނަލްއަޤްވާމީ ފެންވަރުގައި ވައިގެ ދަތުރުފަތުރު ކުރުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެއާރލައިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމާބެހޭ މަޢުލޫމާތު ދިނުން
2016 މޭ 15 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު ދެގަޑި ސުންމިނެޓް (14:00) ގައި މި ބީލަމާބެހޭގޮތުން މަޢުލޫމާތު ދިނުން މި ކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މި މަޢުލޫމާތު ދިނުމުގެ ބައްދަލްވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށެވެ.
ބީލަން ކަރުދާސް ހުޅުވުން
ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ދެގަޑި ސުންމިނެޓު (14:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ހާޒިރުގައެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
އެޑްރެސް: |
އަމީނީމަގު، މާލެ، 20379، ދިވެހިރާއްޖެ |
ފޯނު ނަންބަރު: |
+960 3011000 |
ފެކްސް: |
+960 3011004 |
ކޮންޓެކްޓް ކުރަންޖެހޭ ފަރާތް: |
އިބްރާހީމް އިސްމާޢީލް |
އީ-މެއިލް: |
މަތީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އެޑްރެސް، ފޯނު، ފެކްސް އަދި އީ-މެއިލް އެޑްރެސް މެދުވެރިކޮށް އިތުރު މަޢުލޫމާތު ހޯއްދެވިދާނެއެވެ.
ނޯޓު: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި އެއީ: GMT+5:00 އެވެ.