ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)459-A/1/2016/63
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2016
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 17 މޭ 2016 13:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީއަށް ތިރީގައި މި ދަންނަވާ ތަކެތި ވިއްކަވަން ބޭނުންފުޅުވާ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

  • 1 ކާޑު ޕްރިންޓިންގ މެޝިން (ކާޓްރިޖާއެކު)
  • 300 ޕްލާސްޓިކް ކާޑު
  • 2 ސްކޭނަރ

ވީމާ، މަތީގައި ދެންނެވިފައިވާ ތަކެތި ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 މޭ 17 ވާ އަންގާރަ ދުވަހު 13:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2016 މޭ 24 ވާ އަންގާރަ ދުވަހު 11:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

3 ޝަޢުބާން 1437

10 މޭ 2016