ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރުން
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)231-AH/231/2016/20 އިޢުލާނާ ގުޅިގެން ބިޑް ބައްލަވައިގެންފައިވާ ފަރާތްތައް މަދުވުމުގެ ސަބަބުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއްލާން ކުރީމެވެ. ޙަވާލާ ދެވުނު އިޢްލާނާ ގުޅިގެން ބިޑް ބައްލަވައިގެންނެވި ފަރާތްތަކުން އަލުން ބިޑް ބައްލަވައިގަންނަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބިޑް ބައްލަވައިގަތުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ޑޮކިއުމަންޓްސް ވިއްކުން 2016 މޭ 08 ވާ އާދީއްތަ ދުވަހުން ފެށިގެން 2016 މޭ 16 ވާ ހޯމަ ދުވަހާ ހަމައަށް ހެނދުނު 8:30 އިން 12:30 އަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި |
ޕްރީބިޑް މީޓިންގ 2016 މޭ 16 ވާ ހޯމަ ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި |
ބިޑް އޯޕަން މީޓިންގ 2016 މޭ 23 ވާ ހޯމަ ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި. |
ބިޑް ޑޮކިއުމެންޓެއްގެ އަގަކީ -/30 ރުފިޔާއެވެ.
ބިޑް ހުށަހެޅޭނީ ބިޑް ގަތް ފަރާތެއްގެ ނަމުގައެވެ. ބިޑް ބައްލަވައިނުގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.