ކުއްޔަށް ދިނުން
ނަންބަރު: 401-IUL(AD)/2016/28
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2016
ޕަބްލިޝްކުރި ގަޑި: 17:38
ސުންގަޑި: 11 މޭ 2016 13:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ މަރުކަޒު ހުރި ބިން ކުއްޔަށްދިނުމަށް

އިޢުލާން

އަންހެނުންގެ މަރުކަޒު ހުރި ބިން ކުއްޔަށްދިނުމަށް

މި ރަށު ބަރާސިލް އަވަށު އަންހެނުންގެ މަރުކަޒު ހުރި ބިން ކުއްޔަށްދިނުމަށް ކުރެވުނު މި އިދާރާގެ ނަންބަރު 401-IUL(AD)/2015/31 (21 މޭ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި ބިން ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 11 ބުަދަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 17 އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް އަދި ސުންގަޑި ހަމަވުމަށްފަހު، ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި ކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުން އެދެމެވެ.

27 ރަޖަބު 1437

04 މޭ 2016