ނީލަން
ނަންބަރު: (IUL)228-DG/228/2016/7
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 17 މޭ 2016 14:00
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔަމަހާ ފޯސްޓްރޮކް، 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާން

ނ.އަތޮޅު ކައުންސިލުގެ އިދާރާގެ "ރަންދުނި" ލާންޗުން ނަގާފައިވާ ޔަމަހާ ފޯ ސްޓްރޮކް، 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަން ނަންބަރު 1 (ޔަމަހާ ފޯ ސްޓްރޮކް އިންޖީނު)

1- 1 އިންޖީނު، ޔަމަހާ އައުޓްބޯޑް 200 ހޯސްޕަވަރ 4 ސްޓްރޯކް

2- މި އިންޖީނަކީ 31 ޖުލައި 2005 ން 31 ޑިސެންބަރު 2015 އަށް ބޭނުންކޮށްފައިވާ އިންޖީނެކެވެ.

3- ނީލަން ފެށޭ އަގު :-/50،000 (ފަންސާސްހާސް) ރުފިޔާ

4- އަގަށް މަދުވެގެން ފަހަރަކު އިތުރުކުރެވޭނެ އަދަދު: -/5،000 (ފަސްހާސް) ރުފިޔާ

5- އިންޖީނުގެ މިހާރުގެ ހާލަތު: ރަނިންގ ކޮންޑިޝަންގައެވެ.

ނީލަން ނަންބަރު 2 (ޔަމަހާ ފޯ ސްޓްރޮކް އިންޖީނު)

1- 1 އިންޖީނު ޔަމަހާ އައުޓް ބޯޑް 200 ހޯސްޕަވަރ 4 ސްޓްރޯކް

2- މި އިންޖީނަކީ 31 ޖުލައި 2005 ން 31 ޑިސެންބަރު 2015 އަށް ބޭނުންކޮށްފައިވާ އިންޖީނެކެވެ.

3- ނީލަން ފެށޭ އަގު :-/40،000 (ސާޅީސްހާސް) ރުފިޔާ

4- އަގަށް މަދުވެގެން ފަހަރަކު އިތުރުކުރެވޭނެ އަދަދު: -/5،000 (ފަސްހާސް) ރުފިޔާ

5- އިންޖީނުގެ މިހާރުގެ ހާލަތު: ރަނިންގ ކޮންޑިޝަނުގައި، ސްޓާޓްކުރަން ދަތިވުމާއި ޖެކުގައި މައްސަލައުޅެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން ނީލަމަށް އަގު ހުށަހަޅުއްވާނީ ކޮންމެ ނީލަން ނަންބަރަކަށް ވަކި ސިޓީއަކުންނެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތުގެ މަޢުލޫމާތު (ނަމާއި އެޑްރެސް، އައި.ޑީ ކާޑު ނަންބަރު، ތާރީޚް އަދި ގުޅޭނެ ފޯނު ނަންބަރު) ސިޓީގައި ހިމަނަންވާނެއެވެ.  އަދި އައި.ޑީ ކާޑުގެ ކޮޕީއެއް ސިޓީއާއެކު ހުށަހަޅަންވާނެއެވެ. މި އިދާރާގެ ކައުންޓަރުންނާއި ފެކުހުންނާއި އީމެއިލުން ވެސް ސިޓީ ބަލައިގަނެވޭނެއެވެ. ފެކްސް ކުރައްވާނީ މި އިދާރާގެ ނަންބަރު 6560094 އަށެވެ. އަދި މެއިލް ކުރައްވާނީ [email protected] އަށެވެ.

ނީލަމަށް ހުށަހެޅޭ އެންމެމަތީ އަގު ކޮންމެ ދުވަހަކުވެސް މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކޮން ފެންނާނެހެން ބެހެއްޓިފައި ހުންނާނެއެވެ. ކޮންމެ ދުވަހަކުވެސް އާންމުކުރެވޭނީ އެދުވަހެއްގެ 13:00 ގެ ކުރިން ހުށަހަޅުއްވާ އަގުތަކުގެ ތެރެއިން އެންމެ މަތީއަގެވެ. އެފަހުން ހުށަހަޅުއްވާ އަގުތައް އާންމުކުރެވޭނީ ޖެހިގެން އަންނަ ދުވަހުއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ޖެހިޖެހިގެން 5 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެ އަގު ހުށަހެޅިފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރިކަން ލިޔުމުން އަންގާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ނީލަމުގެ އަގަށްވާ ފައިސާ މި އިދާރާއަށް ދައްކަންވާނެއެވެ. 10 (ދިހައެއް) ދުވަހުގެތެރޭގައި ފައިސާ ނުދައްކައިފިނަމަ ދެވަނައަށް އެންމެ މަތީ އަގެއް ހުށަހެޅިފަރާތަށް ނީލަން ނިންމުން ނުވަތަ ނީލަން ބާޠިލުކުރުމުގެ އިޚްތިޔާރު ނ. އަތޮޅު ކައުންސިލަށް ލިބިގެންވެއެވެ.

އިންޖީނު ބައްލަވާލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އިންޖީނު ދެއްކުމުގެ އިންތިޒާމު ރަސްމީބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 ން 12:00 އަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. މި ނީލަން ފެށޭ ދުވަހަކީ 10 މޭ 2016 އެވެ. މި އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދެއްވާފައިނުވާނަމަ 17 މޭ 2016 އަށް މި އިޢުލާނުގެ މުއްދަތު ހަމަވާނެވެ.

27 ރަޖަބު 1437

04 މޭ 2016