ވަޒީފާގެ ފުރުޞަތު
ނަންބަރު: GS132/2016/26
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 17 މޭ 2016 11:00
ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ހެލްތު އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ހެލްތު އެސިސްޓެންޓް

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގުރޭޑް 1

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ މަސައްކަތް ކުރަންޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމު އޮތް އޮފީސް:

ކެންދޫ ސްކޫލް، ބ. ކެންދޫ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ކެންދޫ ސްކޫލް، ބ. ކެންދޫ

މައިގަނޑު މަސްއޫލިއްޔަތު:

- ބަލިވެގެން ހެލްތު ރޫމަށް އަންނަ ދަރިވަރުންނަށް އެހީތެރިވުމާއި، އެކުދިންގެ މަޢުލޫމާތު ބެލެނިވެރިންނަށް އެންގުމާއި، ގެޔަށް ފޮނުވަންޖެހޭ ކުދިންގެ މަޢުލޫމާތު ރިކޯޑްކުރުމަށްފަހު އެކުދިން ގެއަށް ފޮނުވުން.

- އަލަށް ސްކޫލަށް ވަންނަކުދިންގެ ހެލްތު ރިކޯޑް ބެލެހެއްޓުން.

- ގްރޭޑް 1 އަށް ވަންނަ ކުދިންގެ ހެލްތު ޗެކަޕް ހެދުން.

- ބަލިވެގެން އަންނަ ކުދިންނަށް ސްކޫލުން ދެވެން އޮންނަ ފަރުވާއެއްދިނުން.

- ސްކޫލުގެ ހަރަކާތެއްގައި ދަރިވަރަކު އުޅެނިކޮށް ދިމާވާކަމަކުން ހޮސްޕިޓަލަށް ގެންދަންޖެހިއްޖެނަމަ ސްކޫލުގެ އިދާރާއާ ގުޅިގެން އެކަން ހަމަޖެއްސުން.

- ސްކޫލުގެ ގޯތިތެރޭގައި މަދިރި އުފެދިފައި ހުންނަތަންތަން ބަލައި ޗެކްކުރުން.

- މަދުވެގެން ދުވާލަކު އެއްފަހަރު ސްކޫލުގެ ހުރިހާ ފާޚާނާތަކެއް ބަލައި ޗެކްކޮށް، މަސައްކަތު މީހުންލައްވައި ސާފުކުރުން.

- ޞިއްޙީ ޕްރޮގްރާމްތައް، ސްކޫލުގެ އިދާރާއާ ގުޅިގެން ރާވައި ހިންގުން.

- ހެލްތު ރޫމަށް ބޭނުންވާ ތަކެތި، ބަޖެޓް ސެކްޝަނާ ގުޅިގެން ހޯދުމާއި، ހެލްތު ރޫމް ބަލަހައްޓައި، އެތަނުން ލިބެންވާ ފަސްޓް އެއިޑް ދަރިވަރުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

- ހެލްތު ރޫމުގައި ބޭނުންކުރާ ތަކެތި އަބަދުވެސް ސާފުތާހިރުކޮށް ބެލެހެއްޓުން (އެނދު ބަދަލުކުރުން)

- ކުދިންނަށް ފަނީބޭހާއި ވިޓަމިން ދިނުން.

- ކުދިންނަށް ޞިއްޙީ މަޢުލޫމާތު ދިނުން (ޑޮކްޓަރުން ގެނެސްގެން)

- ކުދިންގެ ބޯފެން ބަލައި ޗެކްކުރުން.

- ސްކޫލުގައި ހިންގޭ ތަފާތު ހަރަކާތްތަކުގައި ދަރިވަރުންނަށް އެހީތެރިވެ، ފަސްޓް އެއިޑްގެ ޚިދުމަތް ލިބެންޖެހޭ ދަރިވަރުންނަށް އެ ޚިދުމަތްދިނުން.

- ސްކޫލުގެ ދަރިވަރުންގެ އެކިއެކި މައިދާނީ ދަތުރުތަކުގައި ކުދިންނާއެކު ދާންޖެހޭ ރަށްރަށަށް ދިޔުން.

- ފާއިތުވާ އަހަރު ސްކޫލުގައި ހެލްތު ޕްރޮގްރާމް ހިނގިގޮތުގެ ރިޕޯޓް މިނިސްޓްރީއަށް ފޮނުވުން.

- ޓާމަކު އެއްފަހަރު، ކުދިންގެ އިސްކޮޅާއި ބަރުދަން ބަލައި، ރިކޯޑްތައް ބެލެހެއްޓުން.

- ހެލްތު ރޫމުގައި ބޭނުންކުރެވޭ ބޭސްފަދަ ތަކެތި މުއްދަތު ހަމަވޭތޯ ބަލައި ޗެކްކުރުން.

- ކޮންމެ ދުވަހަކު ސެޝަން ގަޑީގައި މަދުވެގެން ދެފަހަރު ތިރީގައިމިވާ ކަންތައްތައް ކުރުން.

  • ފާޚާނާތަކުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  • ސްކޫލުގެ އިންޓަވަލްގަޑި މޮނިޓަރކުރުން.
  • ފެންބޯ އސްކުރާއި ކޫލަރުތެރޭގެ ސާފުތާހިރުކަން ބެލުން.
  • މީގެ އިތުރުން، ވެރިން އަންގާ އެކިއެކި ކަންކަން ކުރުން.

މަޤާމާ ގުޅޭ ދާއިރާ:

- ހެލްތުގެ ދާއިރާ

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚުލާޤު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތައްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައި)

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ކިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި ވޯރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާ އޮފީހުގެ ލިޔުމެއް.

- ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާކުރާ ފޯމު"

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، މަތީގައި ބަޔާކުރެވިފައިވާ ތަކެތި ފުރިހަމަކުރުމަށްފަހު، 2016 މޭ 17 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:
މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، 2016 މޭ 18 ވާ ބުދަދުވަހު، ކެންދޫ ސްކޫލުގައެވެ.

އިތުރު މަޢުލޫމާތު:

- މި  މަޤާމަށް  އެދޭ  ފަރާތްތަކުން  ފުރަންޖެހޭ،  ވަޒީފާއަށް  އެދޭ  ފޯމު،  މި  ސްކޫލުން   ލިބެން  ހުންނާނެއެވެ. އަދި  ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، 6600315 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

28 ރަޖަބު 1437

05 މޭ 2016