މަސައްކަތް
ނަންބަރު: (IUL)301-AS/301/2016/17
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 10 މޭ 2016 13:30
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޮޅައި ސާފުކޮށް، ބަލަހައްޓާނެ ފަރާތެއް ހޯދުން

އިޢުލާން

ކޮންޓުރެކްޓު އުސޫލުން މިސްކިތް ފޮޅައި ސާފުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި ރަށުގައި އަލަށް ހުޅުވަން ހަމަޖެހިފައިވާ މިސްކިތް ފޮޅައި، ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 13:30 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 13:30 ގައި މި ކައުންސިލުގެ އިދާރާގައެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ރ. އަނގޮޅިތީމު ކައުންސިލުގެ އިދާރާގެ ކޮންފަރެންސް ރޫމުގައެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތަކަށް އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ އެ ފަރާތުގެ ސިޓީއަކާއި ވެރިފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނަންވާނެއެވެ. އެއް ބޭފުޅަކަށް ދެ ފަރާތެއްގެ ނަމުގައި އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ.

ޕޮއިންޓުދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • ޖުމުލަ އަގަށް %85
  • މާލީ ޤާބިލުކަމަށް % 10
  • ތަޖުރިބާ  %5

27 ރަޖަބު 1437   

04 މޭ 2016