މަސައްކަތް
ނަންބަރު: (IUL)306/306/2016/51
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 18 މޭ 2016 10:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިޔަދޮވި ބަދަލުުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރ. ރަސްމާދޫ މަސްޖިދުއްސަލާމުގެ ދިޔަދޮވި ބަދަލުުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

މި ކައުންސިލުގެ ނަންބަރު: (IUL)306/306/2016/39 (14 އެޕްރީލް 2016) އިޢުލާނުގައިވާ ރ. ރަސްމާދޫ މަސްޖިދުއްްސަލާމުގެ ދިޔަދޮވި ބަދަލުުކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ މަސައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ރ. ރަސްމާދޫ މަސްޖިދުއްްސަލާމުގެ ދިޔަދޮވި ބަދަލުުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ކައުންސިލުގެ އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލުގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް ތައްޔާރުކުރެވިފައިވާ ބިޑް ޑޮކިއުމަންޓް ކައުންސިލުން ގަންނަން ލިބެން ހުންނާނެވާހަކަވެސް ދަންނަވަމެވެ.

މަޢުލޫމާތުދިނުން

ބިޑު ހުށަހެޅުން

2016 މޭ 18 ވާ ބުދަ ދުވަހުގެ 10:00 ގައި

2016 މޭ 25 ވާ ބުދަ ދުވަހުގެ 10:00 ގައި

ކުންފުންޏެއް، އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއްފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމުސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވެލައްވާއިރު،  ދިވެހި ރައްޔިތެއްކަން އަންގައިދޭ، އެފަރާތެއްގެ މުއްދަތު ހަމަނުވާ ކާޑުގެ އަސްލު ގެންނަން ވާނެއެވެ. އަމިއްލަ ފަރާތަކުން އެ ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ހާޒިރުވާނަމަ، ހާޒިރުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެބޭފުޅަކު ތަމުސީލުކުރައްވާ ފަރާތުން، އެފަރާތުގެ ބަދަލުގައި ތަމުސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އެނގޭނެ ސިޓީއަކާއެކު، އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެ ނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭ ގޮތުން އިތުރުމަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި މިކައުންސިލްގެ ނަންބަރު: 6580049 ފޯނަށް ގުޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތްކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެކެވެ.

1-   މަސައްކަތުގެ އަގު (60 އިންސައްތަ)

2-   މަސައްކަތް ނިންމޭނެ މުއްދަތު (15 އިންސައްތަ)

3-   މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް (10 އިންސައްތަ)

4-   މިފަދަ މަސައްކަތުގެ ތަޖުރިބާ (15 އިންސައްތަ)

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

03 މޭ 2016