މަސައްކަތް
ނަންބަރު: (IUL)340/340/2016/34
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 16 މޭ 2016 12:30
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންތާނގީތަކެއް ބަހައްޓައި ފެން ގުޅައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބަނދަރަށް ފެން ފޯރުކޮށްދިނުމަށް ފެންތާނގީތަކެއް ބަހައްޓައި އިންސްޓޯލްކުރުން:

އަމިއްލަ ތަކެތީގައި، ރަސްދޫ ބަނދަރަށް ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ފެންތާނގީތަކެއް ބަހައްޓާ ފެންގުޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 16 ވަނަ ދުވަހުގެ 12:30 އަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 މޭ 22 ވަނަ ދުވަހުގެ 12:30 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާން ޖެހޭނީ އައި.ޑީ ކާޑު ނުވަތަ އައި.ޑީ ކާޑުގެ ކޮޕީއާއެކުގައެވެ. މަޢުލޫމާތު ސާފުކުރަން ބަދަލުގައި އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

05 މޭ 2016