މަސައްކަތް
ނަންބަރު: (IUL)340/340/2016/32
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 16 މޭ 2016 12:10
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި އަތުރާ ގާ، މާލެއިން ގެނެސްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރަސްދޫ ބަނދަރުގައި އަތުރާ ގާ، މާލެއިން ގެނެސްދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލުގެ ނަންބަރު: (IUL)340/340/2016/30 (17 އެޕްރީލް 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ ދެ ފަރާތުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް އއ. ރަސްދޫ ބަނދަރުގެ ވާޓަރާއި، ޓީޖެޓީގައި އަތުރަން ބޭނުންވާ ގާ މާލެއިން ގެނެސް، ރަސްދޫ ބަނދަރަށް ހުސްކޮށްދޭނެ ފަރާތެއް އަލުން ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާފަރާތްތަކުން 2016 މޭ 16 ވަނަ ދުވަހުގެ 12:10 އަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 22 ވަނަ ދުވަހުގެ 12:10 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން އައި.ޑީ ކާޑު ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ސާފުކުރަން ބަދަލުގައި އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

05 މޭ 2016