މަސައްކަތް
ނަންބަރު: GS-138/IUL/2016/P3-6
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 17 މޭ 2016 14:30
ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ފާޚާނާއެއް ޢިމާރާތްކުރުމާ ގުޅޭ

އިޢުލާން

ޕްރިސްކޫލް ދަރިވަރުންނަށް ޚާއްޞަކޮށްގެން ފާޚާނާއެއް ޢިމާރާތްކުރުމާ ގުޅޭ:

މި ސްކޫލްގެ ނަންބަރު: GS-138/IUL/2016/P3-5 އިޢުލާނުގައިވާ ތާރީޚުގައި ޕްރީ ބިޑް ބައްދަލުވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

2016 ވަނަ އަހަރު މި ސްކޫލުގައި ޕްރީސްކޫލް ކުދިންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާތީ، އެ ކުދިން ބޭނުންކުރުމަށް ޚާއްޞަ ފާޚާނާއެއް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާފައިވާ ކުރެހުމާއި މަޢުލޫމާތާ އެއްގޮތަށް ޢިމާރާތްކުރަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 17 ވަނަ ދުވަހުގެ 14:30 އަށް ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 23 ވަނަ ދުވަހުގެ 14:30 އަށް ސްކޫލް އޮފީހަށް ހާޒިރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ ބިޑް ހުށަހަޅާ ގަޑީގައެވެ.

05 މޭ 2016