ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި މަރުކަޒުގައި ރިސެޕްޝަން ކައުންޓަރެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މި މަރުކަޒުގެ ނަންބަރު:(IUL)-L5HC/2016/03 (17 އެޕްރީލް 2016) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅައިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތްތަކުގެ ތަފުސީލު:
މި މަރުކަޒުގައި މިހާރު ބޭނުންކުރަމުން އަންނަ ކައުންޓަރުގެ ބަދަލުގައި، މި މަރުކަޒުން ތައްޔާރުކުރާ ކުރެހުމާއި އެއްގޮތަށް ކައުންޓަރެއް ހަދައި، ކައުންޓަރު ފަހަތުން ފާރުން ގޮޅިއެއް ކަނޑައި ބިއްލޫރި ހަރުކުރުމާއި ކަރަންޓް ވައިރުކުރުމުގެ މަސައްކަތްތައް ކުރުން.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
މި މަސައްކަތްތައްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ފ. ދަރަނބޫދޫ ސިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން:
މި މަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ފ.ދަރަނބޫދޫ ސިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މި މަރުކަޒުގެ ނަންބަރު 6740090 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ.
26 ރަޖަބު 1437