މަސައްކަތް
ނަންބަރު: (IUL)-L5HC/2016/05
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2016
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 15 މޭ 2016 13:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ގުދަނެއް ރާނައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި މަރުކަޒު ގޯތީގައި ގުދަނެއް ރާނައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މި މަރުކަޒުގެ ނަންބަރު:(IUL)-L5HC/2016/02 (17 އެޕްރީލް 2016) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅައިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތްތަކުގެ ތަފުސީލު:

މި މަރުކަޒުން ތައްޔާރުކުރާ ކުރެހުމާ އެއްގޮތަށް މި މަރުކަޒުގެ ޢިމާރާތާ އިންވެގެން ގުދަނެއް ރޭނުމާއި މަރުކަޒުގެ ޢިމާރާތުގެ އެތެރޭގައި ރާނާފައިވާ ފާރެއް ތަޅާލައިގެން ނެގުމާއި އެތަން ރީތިކުރުން.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

މި މަސައްކަތްތައްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ފ. ދަރަނބޫދޫ ސިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން

މި މަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ފ.ދަރަނބޫދޫ ސިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މި މަރުކަޒުގެ ނަންބަރު 6740090 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުންއެދެމެވެ.

26 ރަޖަބު 1437

03 މޭ 2016