ދިވެހިރާއްޖެ
އިޢުލާން
ތ. އޮމަދޫ ކައުންސިލުގެ އިދާރާ މަރާމާތުކުރުމާ ބެހޭ:
މި އިދާރާ ހިންގަމުން އަންނަ ޢިމާރާތް، މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:(IUL)394/394/2016/17 (11 އެޕްރީލް 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.
މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2016 މޭ 11 ވާ ބުދަ ދުވަހު ގެ 13:30 ގައި މި އިދާރާގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާއަށެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.
25 ރަޖަބު 1437