މަސައްކަތް
ނަންބަރު: MMS-A/2016/17
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2016
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 23 މޭ 2016 10:30
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
2 ޖެނެރޭޓަރު މަރާމާތުކުރުމަށް ބޭނުންވެއްޖެ

އިޢުލާން

ކޮންޓްރެކްޓް އުސޫލުން މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިބުރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ރާޑަރ ބަހަށްޓާފައިވާ 60 ކިލޯ ވޮޓްގެ 2 ޖެނެރޭޓަރު މަރާމާތުކުރަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ހުޅުލޭގައި ހުންނަ މި ސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 23 ވާ ހޯމަދުވަހުގެ 10:30 ގެ ކުރިން މި ސަރވިސްއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 9944777 އަށް ގުޅުއްވުން އެދެމެވެ.

1 ޝަޢުބާން 1437

08 މޭ 2016