ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތަށް ހުޅުވާލުން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ހިންގާ 'އެޗްސީއެފްސީ ފޭސް އައުޓް މެނޭޖްމަންޓް ޕްލޭން' ގެ ދަށުން، ފިނިކުރާ ނިޒާމުތަކުގައި ބޭނުންކުރާ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކުގެ ބަދަލުގައި ބޭނުން ކުރާ މާއްދާތަކުގެ އިންވެންޓްރީއެއް ހެދުމުގައި މި މިނިސްޓްރީގެ ނެޝަނަލް އޯޒޯން ޔުނިޓަށް އެހީތެރިވާނެ ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުތުހަމަވާ ފަރާތްތަކުން 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، ތަޢުލީމީ ފެންވަރާއި މި މަސައްކަތާ ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާއާއި، ހުނަރާއި ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރު އަދި މަސައްކަތުގެ އަގު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި ތިރީގައިވާ ގޮތަށް އެޑްރެސް ކުރުމަށްފަހުގައެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" އަދި ގައިޑްލައިންސް މި މިނިސްޓްރީންނާއި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިޔުމަންޓް ޔުނިޓު
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ފޯން: 3018342/3018300
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv