ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2016 | 035
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2016
ޕަބްލިޝްކުރި ގަޑި: 08:56
ސުންގަޑި: 16 މޭ 2016 12:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޮމިއުނިޓީ ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ކޮމިއުނިޓީ ހެލްތު އޮފިސަރ

ޑިޕާޓްމަންޓް: ޕަބްލިކް ހެލްތު ޔުނިޓް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލް

މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ޚުލާޞާ: ހުޅުމާލޭ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުން.

މަޤާމުގެ ޝަރުޠު:

1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީވެފައިވުން. ނުވަތަ،

2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީވެފައިވުން.

ވަޒީފާގެ ޒިންމާތައް:

1- އާންމުންނަށް ޞިއްޙީ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމުތައް ރޭވުމުގައި އެހީތެރިވެ، ހިނގާ ނުހިނގާގޮތް ބަލައި، އިވެލުއޭޓްކޮށް ފީޑްބެކް ދިނުން. އަދި ޕްރޮގްރާމްތައް ހަރުދަނާކަންމަތީ ހިންގުމަށް ބޭނުންވާ އިތުރު އެހީ ފޯރުކޮށްދިނުމަށް ވީ އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުން.

2- ކޮމިއުނިކެބްލް އަދި ނޮން ކޮމިއުނިކެބްލް ޑިޒީޒް ކޮންޓްރޯލް ޕްރޮގްރާމްތައް ހޮސްޕިޓަލުގައި ހިންގުމާއި ގަވާއިދުން ރިޕޯޓު ފޮނުވުން.

3- ޗައިލްޑް އެންޑް ނިއުޓްރިޝަން ޕްރޮގްރާމްގެ މަސައްކަތް ކުރުމާއި ޑިޕާޓްމަންޓުން ފޮނުވާފައިވާ ވަސީލަތްތަކުގެ ސްޓޮކް ބެލެހެއްޓުމާއި ގަވާއިދުން ރިޕޯޓު ފޮނުވުން.

4- ސްކޫލް ހެލްތު ޕްރޮގްރާމް ގަވާއިދުން ހިންގާ ރިޕޯޓު ފޮނުވުން.

5- ޚިދުމަތްދިނުމަށް  ދަތިނުވާނޭހެން،  ތެލެސީމިއާ  ކުދިންނަށް  ބޭނުންވާ  ތަކެއްޗާއި  ކަންކަމުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އިރުޝާދާ އެއްގޮތަށް ޢަމަލުކޮށް، ވީ އެންމެ ފުޅާ ދާއިރާއެއްގައި އެ މަސައްކަތުގައި އެހީތެރިވެ ރިކޯޑުތައް ބެލެހެއްޓުން.

6- ރިޕްރޮޑަކްޓިވް ހެލްތު ޕްރޮގްރާމުގެ ޚިދުމަތް ދިނުމުގައި، ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭނެ ފަދަ ގޮތަކަށް ރާވައި ހިންގުމާއެކު ސްޓޮކް ބެލެހެއްޓުން.

7- ރޯގާއެއް ފެތުރިއްޖެނަމަ އެ ރޯގާ ކޮންޓްރޯލްކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދޭތޯ ބެލުމާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަށް އަންގާ މަޝްވަރާ ހޯދައި ފިޔަވަޅު އެޅުން.

8- ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ވޯކްޝޮޕް، ސެމިނަރ، ބައްދަލުވުންތައް އިންތިޒާމްކޮށް ރާވައި ހިންގުން.

9- އާންމުންނަށް އަމާޒްކޮށްގެން ހިންގާ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް ރާވައި ދެމެހެއްޓެނިވިގޮތެއްގައި ހިންގުން.

10- ޞިއްޙީ މަޢުލޫމާތު އެކުލެވޭފަދަ ލީފްލެޓް، ލުއިފޮތް، ވީޑިއޯ ޓޭޕް ތައްޔާރުކޮށް / ހޯދައި، ހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ މީހުންނަށް ލިބޭނެގޮތަކަށް ބެހެއްޓުން.

11- ހޮސްޕިޓަލްގެ މުވައްޒަފުންގެ މެދުގައި ޞިއްޙީ މަޢުލޫމާތު އިތުރުކުރުމަށް އެކިއެކި ޕްރޮގްރާމްތައް ރާވައި ހިންގުން.

12- ޞިއްޙީގޮތުން ފާހަގަކުރަންޖެހޭ އެކިއެކި މުނާސަބާތައް ދުރާލައި ރާވައި ހިންގުން.

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން.

ކުރިމަތިލުމުގެ ސުންގަޑި: 2016 މޭ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ނުވަތަ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ސީވީ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ ރިސެޕްޝަނުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.

ޚާއްޞަ ސަމާލުކަމަށް:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއްނުގަނަވޭނެއެވެ.

- އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

2 ޝަޢުބާން 1437

09 މޭ 2016