މަސައްކަތް
ނަންބަރު: GS-107/2016/16
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:31
ސުންގަޑި: 12 މޭ 2016 10:00
ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
4 ފާޚާނާ ޢިމާރާތްކުރުމާ ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

4 ފާޚާނާ ޢިމާރާތްކުރުމާ ބެހޭ:

މި ސްކޫލުގައި ދަރިވަރުން ބޭނުންކުރުމަށް 4 ފާޚާނާ ޢިމާރާތްކުރުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު:GS107/2016/16 އިޢުލާނާ ގުޅިގެން ލިބުނު ހުށަހެޅުންތައް ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އެހެން ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ދުރުވާނަމަ އެ ފަރާތުގެ ސިޓީއެއް އަދި ކުންފުންޏެއްނަމަ އެ ކުންފުނީގެ ރަސްމީ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ގެންނަންވާނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރެވޭނީ ކޮންމެ ފަރާތަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

26 ރަޖަބު 1437

03 މޭ 2016