ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ޕްލޭނިންގ އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-281133 |
މަޤާމުގެ ރޭންކް: |
އެމް. އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މުސާރަ: |
މަހަކު -/5،610 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/2،000 ރުފިޔާ |
އުޖޫރައާއި ޢިނާޔަތްތައް: |
ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ. |
ޗުއްޓީ: |
ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ލިބޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން: |
ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ، އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް |
މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު/ ތަޢުލީމާއި، ތަޖުރިބާތައް: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
ރަށުގެ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމާއި، ޕްލޭނުގައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ރަށުގެ ލޭންޔޫސް ޕްލޭން އެކުލަވައިލުމުގެ މަސައްކަތްކުރުމާއި، އެ ޕްލޭނާ އެއްގޮތަށް ރަށުގެ ބިންތައް ބޭނުންކުރުމާބޭހޭ އެންމެހައި ކަންތައްތައް ހިންގުމާއި، ރަށާބެހޭ ތަފާސްހިސާބުތައް ހޯދައި ބެލެހެއްޓުމާއި، ރަށުގެ ބަނދަރާއި، މަގުތަކާބެހޭ ގަވާއިދުތައް ހިންގައި ބެލެހެއްޓުމާއި، ރަށުގެ ފެނާއި ނަރުދަމާގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު: |
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، ކެޔޮދޫ ކައުންސިލްގެ އިދާރާގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 15 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަށްޖެހޭ އެންމެހައި ލިޔުންތައް، ވ. ކެޔޮދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6700601 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6700601 އެވެ. އީ މެއިލް އެޑްރެހަކީ، [email protected] އެވެ. |
27 ރަޖަބު 1437