ވަޒީފާގެ ފުރުޞަތު
ނަންބަރު: 170-HR/I/2016/52
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 15 މޭ 2016 12:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކެމްޕަސް މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކެމްޕަސް މެނޭޖަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:

މަހަކު -/8،835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،250 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަޤާމުގެ ރޭންކް:

EX1-1

 

މަޤާމުގެ ޝަރުޠުތައް:

  1. މެނޭޖްމަންޓް/އެޑްމިންޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީއަށްފަހު ދަސްކުރި ތިއަރީތަކާއި އުޞޫލުތައް ހަރުދަނާކޮށް ބޭނުންކުރަން އެނގުމަށް ނުވަތަ އިތުރަށް ދަތުމަށް މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.
  2. މެނޭޖްމަންޓުގެ ތަޖުރިބާ ނުވަތަ ޚާއްޞަ ހުނަރުތައް އެނގުން.
  3. މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

ނުވަތަ

މަޤާމް:

އެސިސްޓެންޓް ކެމްޕަސް މެނޭޖަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:

މަހަކު -/7،035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،250 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަޤާމުގެ ރޭންކް:

MS3-1

 

 

މަޤާމުގެ ޝަރުޠުތައް:

1. ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  5  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު، ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  6  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީން އަންގާގޮތަށް ކެމްޕަސް މެނޭޖްމަންޓް ސެކްޝަން ހިނގުން.
  • ޔުނިވަރސިޓީގެ އިމާރާތްތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން.
  • އިމާރާތަށް ބޭނުންވާ މަރާމާތުތައް ބަލައި، ލަސްނުކޮށް އެކަންކަން ޙައްލުކޮށް ބެލެހެއްޓުން.
  • ކިޔަވައިދިނުމަށް ކްލާސްރޫމްތައް ތައްޔާރުކޮށް ބަލަހައްޓައިދިނުމަށް އެހީތެރިވުން.
  • ޔުނިވަރސިޓީގެ ފާޚާނާތަކުގައި ހަރުކޮށްފައި ހުންނަ ފިޓިންގްސް ހަލާކުވުމުން، އެތަކެތި ބަދަލުކުރުމުގެ ކަންތައް ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ އެއަރކޮންޑިޝަނަރތަކަށް ދިމާވާ މައްސަލަތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޙައްލުކޮށް ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ ކަރަންޓާއި އިލެކްޓްރިކަލް ފިޓިންގްސްއަށް ދިމާވާ މައްސަލަތައް، ކަމާބެހޭ ފަރާތްތަކުގެ އެހީގައި ޙައްލުކޮށް ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ ގަސްތަކަށް ފެންޖަހައި، ގަސްތައް ބަލަހައްޓާތޯ ބަލައި ޗެކްކޮށް، ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ އެއްތަނުން އަނެއްތަނަށް ބަދަލުކުރަންޖެހޭ ތަކެތި ބަދަލުކުރުމުގެ މަސައްކަތް ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ އިމާރާތަށް ގެންނަން ބޭނުންވާ ބަދަލުތަކަށް ބޭނުންވާ ކުރެހުންތަކާއި ހުއްދަތައް، ކަމާބެހޭ ފަރާތްތަކުން ހޯދައި، އެ މަސައްކަތްތައް ކުރެވޭނަމަ، އެކަންތައްތައް ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ މަސައްކަތްތަކުގެ ތެރެއިން އައުޓްސޯސް ކުރެވިފައިވާ މަސައްކަތްތައް ހިނގާތޯ ބަލައި، ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ ފަރާތުން އިންތިޒާމްކުރާ ޖަލްސާތަކަށް ބޭނުންވާ ތައްޔާރީތަކުގައި އެ މަސައްކަތުގައި އިސްކޮށްއުޅޭ ފަރާތްތަކަށް އެހީތެރިވުމާއި، ބޭނުންވާގޮތަށް ގޮނޑި ޖެހުމާއި ގޮނޑިތައް ނެގުމުގެ ކަންތައް ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ އިމްތިޙާނުތައް އޮންނަ ދުވަސްތަކުގައި އިމްތިޙާނުތަކަށް ބޭނުންވާގޮތަށް އިމްތިޙާނު ބާއްވައި، ތަންތަން ތައްޔާރުކޮށްދިނުން.
  • މަސައްކަތާ ގުޅޭގޮތުން ޔުނިވަރސިޓީން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (މި ޔުނިވަރސިޓީގެ ރިސެޕްޝަނުން މި ފޯމު ލިބެން ހުންނާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މި މަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތްކުރަން ޖެހޭނީ، ހެނދުނު 8:00 އާއި 23:00 އާ ދެމެދުން 6 ގަޑިއިރުއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 މޭ 15 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް 3325488 ނަންބަރު ފޯނަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

27 ރަޖަބު 1437

04 މޭ 2016