ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-E/23/2016/32
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2016
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 22 މޭ 2016 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހިޖާމާ ޖެހުމާ ގުޅޭ

އިޢުލާން

ހިޖާމާ (ކަވާ) ޖެހުމާ ގުޅޭ

އެކި ކަހަލަ ބަލިބަލީގެ ޝިފާއެއްގެ ގޮތުގައި ހިޖާމާ ޖެހުން އިތުރުވަމުންދާކަން މި މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ. ހިޖާމާ ޖެހުމުގައި ގެންގުޅޭ އާލާތާއި މަސައްކަތުގައި ބަލަހައްޓަންޖެހޭ ސާފުތާހިރުކަމުގެ ކަންތައްތައް ފުރިހަމައަށް ނުބެލެހެއްޓިއްޖެނަމަ އެކަމުގެ ސަބަބުން ޚިދުމަތް ހޯދާ މީހުންނަށް އެތައް ނުރައްކާތެރި ބަލިތަކެއް ވާސިލުވެ، އިތުރު ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިގޮތުން ހިޖާމާ ޖަހައި ތަންތަނުގައި ދޮސްލުން ފަދަ ކަންތައްތަކުގެ އިތުރުން އެއިޑްސް، ހެޕަޓައިޓިސް. ބީ، ހެޕަޓައިޓިސް. ސީ ފަދަ ނުރައްކާތެރި ބަލިތައް އެކަކުގެ ފަރާތުން އަނެކަކަށް އެރުން އެކަށީގެންވެއެވެ.       

ވީމާ، ހިޖާމާ ޖެހުމުގެ ޚިދުމަތްދެއްވާ ފަރާތްތަކުން އެފަރާތުން ޚިދުމަތް ދިނުމަށް، ޚިދުމަތްދޭ ތަނެއް މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް ދެންނެވީމެވެ. ޞިއްޙީ ޚިދުމަތް ދިނުމަށް ތަން ރަޖިސްޓަރީ ކުރުމަށްޓަކައި ބޭނުންވާ ފޯމު މިނިސްޓްރީގެ ވެބްސައިޓް (health.gov.mv) އިން އަދި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓަރީގެ 3014483 ނުވަތަ 3014426 އަށް ގުޅުއްވުން އެދެމެވެ.

[email protected]

01 ޝަޢުބާން 1437

08 މޭ 2016