ކުއްޔަށް ދިނުން
ނަންބަރު: (IUL)448/1/2016/25
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2016
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 22 މޭ 2016 11:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ފުވައްމުލަކު އެއަރޕޯޓުގެ ކެންޓީން ކުއްޔަށްދިނުން

އިޢުލާން

ފުވައްމުލަކު އެއަރޕޯޓުގެ ކެންޓީން ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ / ވެލާނާގެ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދިދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 3323776 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

28 ރަޖަބު 1437

05 މޭ 2016