ވަޒީފާގެ ފުރުޞަތު
ނަންބަރު: GS144/2016/IUL/19
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2016
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 12 މޭ 2016 14:00
ދިއްފުށީ ސްކޫލް
ދިވެހިރާއްޖެ
ރިސޯސް ޓީޗަރ (ދިވެހި)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް: ރިސޯސް ޓީޗަރ (ދިވެހި)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ވަގުތީ

ސަރވިސް: ޕްރޮފެޝަނަލް އޭ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ދިއްފުށި ސުކޫލް، ކ. ދިއްފުށި

މުސާރަ: ކިޔަވައިދޭ ކޮންމެ ޕީރިއަޑަކަށް -/60 ރުފިޔާ (-/4000 ރުފިޔާއަށްވުރެ ގިނަ ނުވާގޮތަށް)

ފެންވަރު ނުވަތަ ޝަރުތު:

- ސާނަވީ ތައުލީމް ހާސިލުކޮށް، ދިވެހި މާއްދާއާއިއެކު އިތުރު 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ

- ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ދިވެހި ރާއްޖޭގެ ޤައުމީ މުޤައްރަރުގާވާގޮތަށް ސެކަންޑަރީ ކުލާސްތަކަށް ދިވެހިބަސް ކިޔަވައިދިނުން.

2- ލެސަން ޕްލޭން ހެދުމާއި، ޓީޗިންގ އެއިޑްސް ހެދުން.

3- ޓެސްޓް ޕޭޕަރުތަކާއި ވޯކްޝީޓްތައް ތައްޔާރުކުރުން.

4- މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުވައި، މުބާރާތްތައް ރޭވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv  އިން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ދިއްފުށީ ސްކޫލުގެ އޮފީހަށެވެ.

- ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ، 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ދިއްފުށީ ސްކޫލުގެ އޮފީހަށެވެ.

އިންޓަވިއު ކުރުން:

- މި ވަޒީފާއަށް މީހުން ޢައްޔަންކުރެވެނީ މެރިޓް އުސޫލުންކަމަށްވާތީ، އިންޓަވިއު ކުރުމެއް ނޯންނާނެއެވެ.

- މި ވަޒީފާއަށް މީހުން ޢައްޔަންކުރުމަށްޓަކައި ބަލާނީ، ހުށަހަޅާ ލިޔުންތަކަށެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، މި ސުކޫލުގެ 6640522 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުން އެދެމެވެ.

25 ރަޖަބު 1437

02 މޭ 2016