ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަޞީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ކ. ގުރައިދޫގައި ޤާއިމުކުރެވޭ ނެޓުބޯޅަ ކޯޓު ޤާއިމުކުރުމުގެ މަސައްކަތް މި ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ފަރާތުން ކުރަހާފައިވާ ކުރެހުންތަކާއި ދޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: D-338/2015/13 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
ވީމާ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތައް ތިރީގައިވާ ތާރީޚުތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ކ. ގުރައިދޫ ކައުންސިލް އިދާރާ |
12 މޭ 2016 |
ބުރާސްފަތި |
11:30 |
އަންދާސީ ހިސާބް ހުށައެޅުން |
ކ. ގުރައިދޫ ކައުންސިލް އިދާރާ |
17 މޭ 2016 |
އަންގާރަ |
11:30 |
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.