މަސައްކަތް
ނަންބަރު: (IUL)300-EC/300/2016/27
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 18:18
ސުންގަޑި: 04 މޭ 2016 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑުގައި ގާއެތުރުމާއި ލައިޓް ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރަސްގެތީމު ފުޓްސަލް ދަނޑުގައި ލައިޓް ސިސްޓަމް ހަރުކޮށް ގާއަތުރައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މި ކައުންސިލުން ދައްކާ ނަމޫނާއާ އެއްގޮތަށް ފުޓްސަލް ދަނޑުގައި ގާއެތުރުމާއި ލައިޓް ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް 12 އޭޕްރީލް 2016 ގައި ކުރެވުނު ނަންބަރު 25/2016/300/(IUL)300-EC އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އަލުން މި މަސައްކަތްކުރުމަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 04 ވާ ބުދަ ދުވަހުގެ 13:00 އަށް ކައުންސިލުގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 މޭ 11 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިގަނެވެން ނެތް ވާހަކަ ދަންނަވަމެވެ. 

18 ރަޖަބު  1437

24 އޭޕްރިލް 2016