ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއަށް 1.5 ޓަނުގެ ޕިކަޕެއް ހޯދުމާ ގުޅޭ:
މި އިދާރާއަށް 1.5 ޓަނުގެ ޕިކަޕެއް ހޯދަން ބޭނުންވެގެން ކުރި މި އިދާރާގެ ނަންބަރު:29/2016/395-C(A) (07 އެޕްރީލް 2016) އިޢުލާނަށް، މަޢުލޫމާތުދިނުމަށް ތައްޔާރުކުރި މަޢުލޫމާތު ޝީޓްގައި، މައްސަލަތަކެއްހުރިކަން ފާހަގަކުރެވުމާއިގުޅިގެން އެ އިޢުލާން ބާޠިލުކޮށްފީމެވެ. އަދި 1.5 ޓަނުގެ ޕިކަޕެއް ވިއްކަވަން ޝައުޤުވެރިވާ ފަރާތްތަކަށް، އެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލައިފީމެވެ. އަގު ހުށަހަޅާއިރު، ބްރޭންޑް ނިއު ޕިކަޕެއްގެ އަގާއި، ސެކަންޑް ހޭންޑް ޕިކަޕެއް ވިއްކާނެ އަގު ސާފުކުރަން ބޭނުންވެއެވެ. މަޢުލޫމާތު ދިނުމާއި، އަންދާސީހިސާބުތައް ބަލައިގަތުން އޮންނާނީ، މި ކައުންސިލުގެ އިދާރާގައެވެ.
- މަޢުލޫމާތު ސާފުކުރުން: 2016 މޭ 08 އާދީއްތަ ދުވަހުގެ 13:00 ގައި
- އަންދާސީހިސާބު ހުށަހެޅުން: 2016 މޭ 12 ބުރާސްފަތި ދުވަހުގެ 13:00 ގައި
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
ނޯޓް: މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަނީ ކުންފުނި، ޖަމުޢިއްޔާ ނުވަތަ ޖަމާޢަތްތަކުންނަމަ އެ ޖަމުޢިއްޔާ، ޖަމާޢަތްތައް ނުވަތަ ކުންފުންނީގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.
25 ރަޖަބު 1437