ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) 299/299/2016/30
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2016
ޕަބްލިޝްކުރި ގަޑި: 17:35
ސުންގަޑި: 17 މޭ 2016 11:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕަށް އެޅުމަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރ.ވާދޫ ކައުންސިލް އިދާރާގެ ޕިކަޕަށް އެޅުމަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ ބެލުމުގެ ދަށުގައިވާ ޕިކަޕަށް އެޅުމަށް ބޭނުންވާ، ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، ޑީސަލް ސަޕްލައިކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 17 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 24 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް އެދި އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ނަންބަރު: 2014/18) ގެ ދަށުން މިފަދަ މަސައްކަތްކުރުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު، ރަޖިސްޓަރީކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

‏27‏ ރަޖަބު 1437

04 މޭ 2016