ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފަރާތުން ހުޅެލޭގައި ހިންގާ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން އިމާރާތުގައި ލެބޯރެޓްރީތަކެއް ހެދުމަށްޓަކައި އެ އިމާރާތުގެ ތިން ކޮޓަރި، މި މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން 11 އެޕްރީލް 2016 ގައި ކުރެވުނު އިޢުލާން (ILU)30-G/1/2016/15) އަށް އެކަށީގެންވާވަރަށް ކުރިމަތިލާފައިނުވާތީ، މި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން، މެރިންރިސަރޗް ސެންޓަރ ހުންނަ އިމާރާތް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓްއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓުގައެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
28 ރަޖަބު 1437