މަސައްކަތް
ނަންބަރު: (4)DS/2016/09
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2016
ޕަބްލިޝްކުރި ގަޑި: 17:17
ސުންގަޑި: 09 މޭ 2016 11:00
ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

2016 ވަނަ އަހަރު މި ސްކޫލް ގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (4)DS/2016/04 އަދި (4)DS/2016/07 އިޢުލާންގައި ސްކޫލުން ދެވިފައިވާ މަޢުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން އެ އިޢުލާންތައް ވަނީ ބާޠިލުކޮށްފައެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 09 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސްކޫލުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.    

މިކަމަށް އެދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި އަންދާސީހިސާބު ހުށަހަޅަން ކަނޑައެޅިފައި އޮންނަ ގަޑިއަށް ވަޑައިނުގަންނަ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިއެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 ރަޖަބު 1437

02 މޭ 2016