ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
މި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް ސްކޫލު ގޯތިތެރޭގައި، ތިރީގައި ދެންނެވިފައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
# |
ޕްރޮޖެކްޓްގެ ނަން |
01 |
ސެކިއުރިޓީ ރޫމެއް ޢިމާރާތްކުރުން ( ޑީ.ޕީ.އީގެ މިންގަނޑުތަކަށް ) |
ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތުދިނުމުގެ ބައްދަލުވުން |
ބިޑް ހުޅުވާ ބައްދަލުވުން |
2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 10:00 ގައި |
2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 10:00 ގައި |
ބިޑްތަކަށް ޕޮއިންޓުދޭނެގޮތުގެ ތަފުސީލު:
އަގަށް: 80 ޕޮއިންޓް
މުއްދަތު: 10 ޕޮއިންޓް
މާލީ ޤާބިލުކަން:05 ޕޮއިންޓް
ތަޖުރިބާ: 05 ޕޮއިންޓް
ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރިކުރައްވާ ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާނަމަ އެ ބޭފުޅަކު ތަމުސީލުކުރަނީ ކޮންކުންފުންޏެއް، އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.