ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު:
ޖަޕާން ސަރުކާރުގެ ހިލޭއެހީގެ ދަށުން ސްކޫލްގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 4 ކުލާސްރޫމް ޢިމާރާތްކުރުމާ ބެހޭ:
މި ސްކޫލްގައި 4 ކުލާސްރޫމް ޢިމާރާތްކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ. ރަށުން ބޭރުގެ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، ސްކޫލްގެ ފޯނު ނަންބަރު: 6520535 އާ ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވިދާނެއެވެ. މައުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށައަޅުއްވަން ދުރުވާ ފަރާތްތަކުން، އެކަން އެނގޭނެ ސިޓީއެއް ހިފައިގެން ދުރުވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށައެޅުން |
2016 މޭ 19 (ބުރާސްފަތި) ދުވަހުގެ 10:00 އަށް. |
2016 މޭ 26 (ބުރާސްފަތި) ދުވަހުގެ 10:00 އަށް. |
ނޮޅިވަރަންފަރު ސްކޫލް ލައިބްރަރީގައި |
ނޮޅިވަރަންފަރު ސްކޫލް ލައިބްރަރީގައި |
28 ރަޖަބު 1437