ދިވެހިރާއްޖެ
ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން ރިޕޯޓް ރިވިއު އެޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ތައްޔާރުކުރަމުންދާ "ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން" ރިޕޯޓުގެ ރިވިއު އެޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް 11 އެޕްރީލް 2016 ކުރެވުނު އިޢުލާން ނަންބަރު IUL)438-PRCU/1/2016/36) އާ ގުޅިގެން އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން "ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން" ރިޕޯޓު ރިވިއު އެޑިޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ހުށަހަޅަންވީ ތަކެތި
- މި މަސައްކަތް ކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
- މަސައްކަތް ނިންމޭނެ މުއްދަތު
- ބީލަން ހުށަހަޅާ ފަރާތުގެ ވަނަވަރު
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
- ކުރިން ކުރެވިފައިވާ މަސައްކަތްތަކުގެ ކުލަ ޕޯޓްފޯލިއޯ އަދި ކުރިން ތައްޔާރު ކުރައްވާފައިވާ ރިޕޯޓު
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ 'ޓާމްސް އޮފް ރިފަރެންސް' މި މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓުގައި 'ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން ރިޕޯޓުގެ ރިވިޔު އެޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ' ޖައްސަވާފައި ފޮނުއްވުން އެދެމެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 މޭ 17 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބައްދަލުކުރާ ކޮޓަރިއެއްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 17 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް އަގު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅުއްވާ ސިޓީއުރައިގައި 'ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން ރިޕޯޓުގެ ރިވިޔު އެޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ' މިހެން ލިޔެވިފައިވާންވާނެއެވެ.
ނޯޓް:
- ހުށަހަޅަންވީ މަޢުލޫމާތުތައް ބިޑް ޑޮކިއުމަންޓްގައި ހަމަވުން ލާޒިމުވެގެންވެއެވެ. މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018337 / 3018300 ނަންބަރު ފޯނަށެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، 20392
ދިވެހިރާއްޖެ.
އީމެއިލް: [email protected]