ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2016/85
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 19 މޭ 2016 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ނަންބަރު:

J-240034

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން، އޮފީސް، ރަށް:

އެޑްމިނިސްޓްރޭޓިވް ސެކްޝަން/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

 

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/4465 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މަގުމަތީގައި ހަރުކުރާ އިސްތިހާރު، ބެނާ ފަދަ ތެކެތި ހަރުކުރުމުގެ ހުއްދަ ދޫކުރުމާއި، މި ހުއްދަ ދޫކުރުމުގައި މިނިސްޓްރީން ހަމަޖައްސަވާފައިވާ ކޮމެޓީގެ ލަފާގެދަށުން މަސައްކަތް ކުރުން.
  2. ވަކި ސެކްޝަނަކާ ހަވާލުކުރެވިފައިނެތް އިދާރީ އެންމެހައި ކަންތައްތައް ކުރުމާއި، ކޯޕަރޭޓް ޑިޕާޓްމަންޓް ހިންގުމަށް ބޭނުންވާ އިދާރީ ކަންކަން ކުރުމާއި، ޔުނިޓުގެ މުވައްޒަފުންގެ ތެރެއިން ސަލާމުގައި ނުވަތަ ޗުއްޓީގައި ތިއްބަވާ މުވައްޒަފުންގެ މަސައްކަތްތައް ކުރުން.
  3. ސެކްޝަނަށް ބޭނުންވާ ފައިލްތައް ތައްޔާރުކުރުމާއި، އައު އަހަރަށް ތައްޔާރުކުރަންޖެހޭ ފޮތްތައް ތައްޔާރުކޮށް ޑިސްޕެޗް މޭޒުގައި ޑިސްޕެޗްކުރަން އަންނަ މުވައްޒަފުންނަށް ފެންނާނެހެން ބެހެއްޓުން.
  4. ކޮންމެ އަހަރަކު އެ އަހަރެއްގެ ވަރކްޕްލޭނާއި، އެނުއަލް ބަޖެޓް ތައްޔާރުކުރުމަށް ކަމާބެހޭ މުވައްޒަފަށް އެހީތެރިވެދިނުން.
  5. އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު، ކަމާބެހޭ ސެކްޝަންތަކުން ހޯދައި، ވެރިން އަންގަވާގޮތެއްގެ މަތިން އަހަރު ރިޕޯޓް ތައްޔާރުކުރުމަށް ކަމާބެހޭ މުވައްޒަފަށް އެހީތެރިވެދިނުން.
  6. މިނިސްޓްރީއަށް އަންނަ ބިލްތައް ސޯރޓްއައުޓްކޮށް، ފައިނޭންސް ސެކްޝަނަށް ހަވާލުކުރުން.
  7. މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ފްލޯތަކުގައި ހުރި ތަންތަނުގެ ތަޅުދަނޑިތަކާއި، ކޯޕަރޭޓިވް އިސްވެރިޔާ ހަވާލުކުރާ އޮފީހުގެ އެނޫން އެކިއެކި ތަޅުދަނޑިތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެތަކެތި ފަސޭހައިން ފެންނާނެގޮތަކަށް ލޭބަލްކޮށް ބެލެހެއްޓުން (މި މަސައްކަތް ކުރާނީ، މި މަސައްކަތް ކުރަން ހަމަޖައްސާފައިވާ މުވައްޒަފު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ ދުވަސްތަކުގައެވެ.)
  8. ސެކްޝަންގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރެއްޖެ ހިނދެއްގައި އެ މަސައްކަތްތައްތައް، ސެކްޝަންގެ ވެރިއެއްގެ ލަފާގެމަތިން ކުރުން.
  9. ވެރިއަކު އެންގެވި އޮފީހުގެ ކޮންމެ މަސައްކަތެއް ކުރުމާއި، އޮފީހުގެ ފަރާތާތުން އިންތިޒާމްކުރާ އެންމެހައި ކަންކަމުގައި އެހީތެރިވެ އެއްބާރުލުން ދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަވިއު.
  4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިފައިވާ މިންވަރު.
  5. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.

އިންޓަވިއު ކުރުން:

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016 މޭ – ޖޫންމަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / މާލޭގައެވެ.
  • އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން  މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ  ލިޔުމާއެކު  ކޯހުން  ލިބޭ  ސެޓްފިކެޓް  ވަކިފެންވަރެއްގައި  އެކްރެޑިޓްކުރެވޭނެކަމަށް  މޯލްޑިވްސް  ކޮލިފިކޭޝަން  އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

28 ރަޖަބު 1437

05 މޭ 2016