އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
|
މަޤާމް:
|
އެސިސްޓެންޓް ކޮންޓްރެކްޓިންގ އޮފިސަރ
|
މަޤާމުގެ ރޭންކް:
|
ޖީ. އެސް. 4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މަޤާމުގެ ނަންބަރު:
|
J-268742
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން، އޮފީސް، ރަށް:
|
ބިލްޑިންގ ކޮންޓްރެކްޓްސް ޔުނިޓް، އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި ޢިނާޔަތްތައް:
|
- މުސާރަ: މަހަކު -/5،020 ރުފިޔާ
- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް، ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ ޝަރުޠު:
|
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓުން ހިނގަމުންދާ މަޝްރޫޢަކާ ގުޅިގެން ނޫންގޮތަކަށް އަންނަ ލިޔެކިޔުންތަކަށް ސެކްޝަނުގެ ވެރިއެއްގެ ލަފާގެމަތިން ޖަވާބުދީ ފައިލްކޮށް ބެލެހެއްޓުން.
- ދުވަހުންދުވަހަށް އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓުގެ ފަރާތުން ނިންމަންޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ނިންމުން (ޔައުމިއްޔާ، ސްޓޮކް، އިންޓަރނަލް ލިޔެކިޔުންތަކަށް ޖަވާބުދިނުން)
- އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް މުވައްޒަފުންގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ ދަތުރުތަކުގެ އިންތިޒާމްތައް އިސްވެރިއެއްގެ ލަފާގެދަށުން ހަމަޖެއްސުން.
- އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ އެންމެހައި މަސައްކަތެއް ވެރިއެއްގެ ދަށުން ކުރުން.
- ސެކްޝަނުގެ މަސައްކަތްތަކާ ގުޅިގެން ބާއްވަންޖެހޭ ބައްދަލުވުންތަކުގެ ހަމަޖެއްސުން.
- ޕްރޮޖެކްޓް ފެށުމުގެ ރަސްމިއްޔާތާއި، ނިންމުމުގެ ރަސްމިއްޔާތު ފަދަ ރަސްމިއްޔާތުތައް ބޭއްވުމަށްޓަކައި ސެކްޝަނުގެ ފަރާތުން ކުރަންޖެހޭ ތައްޔާރީތައް ކުރުން.
- ޕްރޮޖެކްޓްތަކުގެ ފައިލްތަކާއި، ކޮންޓްރެކްޓްތައް ރަނގަޅު އިންތިޒާމެއްގެދަށުން ބެލެހެއްޓުން.
- އޮޑިޓްކުރުމަށާއި އެހެނިހެން ބޭނުންތަކަށް ސެކްޝަނުން ބޭރަށް ގެންދެވޭ ފައިލްތަކުގެ ރެކޯޑް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަވިއު.
- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިފައިވާ މިންވަރު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.
|
އިންޓަވިއު ކުރުން:
- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016 މޭ – ޖޫންމަހުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / މާލޭގައެވެ.
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
28 ރަޖަބު 1437
|