ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: FNK-K(T)/FNK/IUL/2016/048
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2016
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި:
19 މޭ 2016 00:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
16 ޖަނަރޭޓަރު ސެޓް ގަތުމާ ގުޅޭ
އިޢުލާން
16 ޖަނަރޭޓަރު ސެޓް ގަތުމާ ގުޅޭ:
މި ކުންފުންޏަށް 16 (ސޯޅަ) ޖަނަރޭޓަރު ސެޓް ގަންނަން ބޭނުންވެއެވެ. މި މަސައްކަތާ ބެހޭ މަޢުލޫމާތު ހިމެނޭ ބިޑް ޑޮކިއުމަންޓަކީ ވިއްކާ ގޮތަށް ހަމަޖެހިފައިވާ ޑޮކިއުމަންޓެއް ކަމުގައި ދަންނަވަމެވެ.
- ބިޑް ޑޮކިއުމަންޓްގެ އަގު: USD 100.00 (ސަތޭކަ ޑޮލަރު) ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ (ނޮން ރިފަންޑަބަލް)
- ބިޑް ސެކިއުރިޓީ: USD 5,000.00 (ފަސްހާސް ޑޮލަރު) ވެލިޑިޓީ: 80 ދުވަސް
- ބިޑް ޑޮކިއުމަންޓް ވިއްކާ މުއްދަތު: 2016 މޭ 08 އިން 19 ގެ ނިޔަލަށް ރަސްމީ ގަޑީގައި 08:30 އިން 15:30 އަށް.
- ފައިސާ ބަލައިގަންނަ ތަން: 07 ވަނަ ފަންގިފިލާ، ޕޯޓް ކޮމްޕްލެކްސް. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް. ބިޑް ޑޮކިއުމަންޓަށް ފައިސާ ދެއްކެވުމުން ހަމަ އެ ތާރީޚުގައި ބިޑް ޑޮކިޔުމަންޓްގެ ޕީ.ޑީ.އެފް ލިބިވަޑައިގަންނަވާނެއެވެ.
- މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 25 ވާ ބުދަ ދުވަހުގެ 13:00 ގައި މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތައް އެކަނިކަމުގައި ދަންނަވަމެވެ.
- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 06 ވާ ހޯމަ ދުވަހުގެ 13:00 ގައި އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ގެ ޖަލްސާކުރާ މާލަމަށް މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
28 ރަޖަބު 1437
05 މޭ 2016