ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2016 | 034
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2016
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 12 މޭ 2016 12:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - އިންފޮމޭޝަން ސިސްޓަމް

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް އޮފިސަރ

ޑިޕާޓްމަންޓް: އިންފޮމޭޝަން ސިސްޓަމް    

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލް

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން ނުވަތަ ޖީ.ސީ.އީ އޭލެވެލް 3 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން
  • މައިކްރޯސޮފްޓް ނުވަތަ ސިސްކޯ ޕްރޮފެޝަނަލް ސެޓުފިކެޓު ހާސިލުކޮށްފައިވާ ފަރާތަކަށް ޚާއްޞަ ސަމާލުކަމެއްދެވޭނެ.
  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
  • މައިކްރޮސޮފްޓް ސަރވަރ/ކްލައިންޓް ސިސްޓަމްސް އަދި ލިނަކްސް ސިސްޓަމްސް ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވުން
  • ނެޓްވޯކް (ޑޭޓާ/ޓެލެފޯނު)، ހާރޑްވެއެރ، ސޮފްޓްވެއަރގެ މައްސަލަތައް ޙައްލު ކުރަން އެނގުން
  • ވީ.އެމް ވެއަރ ވަރޗުއަލައިޒޭޝަން ޕްލެޓްފޯރމްސް، ސިސްކޯ، އަދި ސެންޓްރަލީ މެނޭޖް ކޮށްފައިވާ ވައި-ފައި ނެޓްވޯކްސް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން
  • އިނގިރޭސިއާއި ދިވެހި ބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން

ވަޒީފާގެ ޒިންމާތައް:

  • ހުރިހާ އިންޓަރނަލް/ އެކްސްޓަރނަލް ސިސްޓަމްތައް ބަލަހައްޓާ ޔޫސަރސްއަށް ދުވަހުން ދުވަހަށް ބޭނުންވާ ސަޕޯޓް ފޯރުކޮށްދިނުން
  • ދުވަހުން ދުވަހަށް ސިސްޓަމްތައް މޮނިޓަރ ކުރުން، ހަރޑްވެއަރ އެޕްލައިންސްތައް ރަނގަޅުތޯ ބަލައި ޗެކް ކުރުން، ޑޭޓާ ބެކްއަޕް ކުރުން
  • ސްޓޭންޑަރޑް ކޮންފިގަރޭޝަންތައް ބަލަހައްޓާ، ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އައިޓީ ހުރިހާ ކަންތައްތައް ބެލެހެއްޓުން

މުސާރައާއި އިނާޔަތް : ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 2016 މޭ 12  ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައި މިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ނުވަތަ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ސީވީ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ ރިސެޕްޝަނުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއްނުގަނަވޭނެއެވެ.

އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

05 މޭ 2016