ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: FNK-K (T)/FNK/IUL/2016/046
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2016
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 12 މޭ 2016 00:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
13 ކޮންޓެއިނަރައިޒްޑް ޕަވަރހައުސް ސަޕްލައިކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމާ ގުޅޭ

އިޢުލާން

13 ކޮންޓެއިނަރައިޒްޑް ޕަވަރހައުސް ސަޕްލައިކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމާ ގުޅޭ

13 ކޮންޓެއިނަރައިޒްޑް ޕަވަރހައުސް ސަޕްލައިކުރުމަށް އެދިލައްވާ ފަރާތްތަކަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ނުވަތަ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ އިތުރު ތަފުސީލު ހިމެނޭ ބިޑް ޑޮކުއިމަންޓް ބައްލަވައިގަތުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު އެރުވޭނީ ހަމައެކަނި އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފާރާތްތަކުން މި ކުންފުނީގެ ޓެންޑަރ އެންޑް ފޮރިން ޕަރޗޭސް ޑިވިޜަންގެ ރަސްމީ މެއިލަށް، މެއިލް ކުރުމުން ނުވަތަ މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގަތުމުން ރަޖިސްޓަރީ ކުރެވޭނެއެވެ. ރަޖިސްޓަރީ ކުރުމުގެ ފަހު ތާރީޚަކީ 2016 މޭ 12 ވާ ބުރާސްފަތި ދުވަހެވެ. މެއިލް ކުރައްވާނީ [email protected] ނުވަތަ [email protected] އަށެވެ.

21 ރަޖަބު 1437

 

05 މޭ 2016